އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އީ.އައި.އޭ. ހަދައިދޭނެ ފަރާތެއް ހޯދަން

މި ކައުންސިލްގެ ބޭނުމަކަށް އީ.އައި.އޭ. (އެންވަޔަރަންމަންޓް އިމްޕެކްޓް އެސެސްމަންޓް) ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 03 ޑިސެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިކައުންސިލްގެ އިދާރާއަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 08 ޑިސެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް ބީލަން ފޯމު ފުރިހަމަކުރައްވައިގެން މިކައުންސިލްގެ އިދާރާއަށް ވަޑައިގެންދެއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ މިކައުންސިލުގެ ފޯނު ނަންބަރު 6680539 އަށް ނުވަތަ 7853133 ފެންފުށީ ކައުންސިލްގެ ޕްލޭނިންގ އޮފިސަރަށެވެ.

ބީލަން ހުށަހެޅުމުގެ ބައްދަލުވުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށް ސިޓީއަކާއެކު ފޮނުވުމަށް ދަންނަވަމެވެ. އަދި މިގޮތަށް ހުށަހަޅުއްވާ ސިޓީއާއެކު ބަދަލުގައި ފޮނުވާ ފަރާތާއި ހުށަހަޅުއްވާ ފަރާތުގެ އައިޑީކާޑުގެ ކޮޕީ ހުށަހަޅުއްވަންވާނެއެވެ. ކުންފުންޏެއްގެ ފަރާތުން މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށް ސިޓީއަކާއި ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީއަކާއި އަދި ވަޑައިގަންނަވާ ފަރާތުގެ އައިޑީކާޑުގެ ކޮޕީއަކާއެކު ފޮނުއްވުމަށް ދަންނަވަމެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

11 ޞަފަރު 1437

23 ނޮވެންބަރު 2015
ހޯދާ