މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދޯންޏެއްގެ ވެރިފަރާތެއް ހޯދުމަށް ބޭނުންވެއްޖެ

އެންޝީޒް ފޯރ އިންޓަނޭޝާނަލް އަށް މިރަށު ބިމުން ދޫކޮށްފައިވާ ކުލީބިމުގެ ހުޅަނގުގައި ބާއްވާފައި އޮތް ދޯންޏަކީ ގަވާއިދާ ޚިލާފަށް އެސަރަހައްދުގައި ބާއްވާފައި އޮތް ދޯންޏެކެވެ. އަދި މިހާތަނާ ޖެހެންދެންވެސް އޭގެ ވެރިފަރާތެއް ވަނީ މިކައުންސިލަށް ކަށަވަރު ނުވެފައެވެ.

ވީމާ، މި ދޯނީގެ ވެރިފަރާތެއް ވާނަމަ 1 މަސް ދުވަހުގެ ތެރޭގައި މިކައުންސިލަށް ލިޔުމަކުން އަންގަވައިދެއްވުން އެދެމެވެ. އަދި މި މުއްދަތުގެ ތެރޭގައި ވެރިފަރާތެއް ނުވެއްޖެނަމަ އެ ދޯނި ނައްތާލެވޭނެ ވާހަކަ ދަންނަވަމެވެ.

މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.

   7 ޞަފަރު 1437

19 ނޮވެންބަރު 2015
ހޯދާ