ޑްރަގް ކޯޓު
ދިވެހިރާއްޖެ
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

މިކޯޓުގެ ނަންބަރު IUL)435-A4/2015/19)ފ(13 އޮގަސްޓު 2015) އިޢުލާނުގައި ވަޒީފާގެ މަސްއޫލިއްޔަތުތައް ފުރިހަމައަށް ބަޔާންކޮށްފައިނުވާތީ، އެއިޢުލާނު ބާޠިލުކޮށް، އެމަޤާމަށް އަލުން އިޢުލާނު ކުރަމެވެ.

މަޤާމު

ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

ރޭންކް: އެމް.އެސް.1

އަދަދު

1

ސެކްޝަން/ޔުނިޓް: ޖެނެރަލް އެޑްމިނިސްޓްރޭޝަން އެންޑް އެޗް.އާރް ސެކްޝަން

މަސައްކަތްކުރަންޖެހޭ ތަން

ޑްރަގް ކޯޓު

އަސާސީ މުސާރަ

-/5,610 ރުފިޔާ

އެލަވަންސް

- ސަރވިސް އެލަވަންސް -/2,000 ރުފިޔާ

- ލިވިންގ އެލަވަންސް: -/2,700 ރުފިޔާ

- ޖުޑީޝަލް އެލަވަންސް: މުސާރައިގެ %40

- ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

އަސާސީ ޝަރުޠު

1- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން އިންޓަރވިއުގައި ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ޑިޕްލޮމާ ހާސިލުކޮށްފައިވުން

ނުވަތަ،

2- މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކްހެއް ލިބެމުންދިޔުމާއެކު، GS-4 ރޭންކުގައި މަދުވެގެން 3 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް

  1. މުވައްޒަފުންގެ ހާޒިރީއާއި ބޭރަށްދާ ހާޒިރީ ބެލެހެއްޓުމާއި، އިތުރުގަޑީގެ ހާޒިރީ ބެލެހެއްޓުމުގެ ކަންތައްތައް ހިންގައި ބެލެހެއްޓުން.
  2. އޮފީސް ހުޅުވައި ލެއްޕުމުގެ އިންތިޒާމު ހަމަޖެއްސުން.
  3. ޖަލްސާ/ކޮމިޓީ/ބައްދަލުވުންތައް އިންތިޒާމު ކުރުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
  4. މުވައްޒަފުން ތަމްރީނު ކުރުމާބެހޭ އެންމެހައި ކަންތައްތައް ބެލެހެއްޓުމާއި، އިޞްލާޙީ ފިޔަވަޅު އަޅަންޖެހޭ މުވައްޒަފުންގެ ކަންތައްތައް ސެކްޝަން ހެޑްގެ މަޝްވަރާއާއެކު އެޅުމާއި އެކަމާބެހޭ ލިޔުންތައް ލިޔެ ރެކޯޑްސް ބެލެހެއްޓުން.
  5. ކޯޓުގެ މުވައްޒަފުން އިޞްލާޙުކުރުމަށް އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމާއި، އެކަންކަމުގެ ރެކޯޑުތައް ބެލެހެއްޓުން.
  6. ކޯޓުގެ މުވައްޒަފުންގެ ވަޒީފާއާގުޅޭ ކަންކަމުގައި ހުށަހެޅޭ ޝަކުވާތައް ބަލައި އަޅަންޖެހޭ ފިޔަވަޅުތައް ސެކްޝަން ހެޑް އަންގާގޮތެއްގެ މަތިން އެޅުން.
  7. މުވައްޒަފުން އިތުރުކުރުމާއި ވަކިކުރުމާއި ބަދަލުކުރުމާބެހޭ އެންމެހައި ކަންތައްތައް އިސްޤާޟީ ނުވަތަ އިސްޤާޟީގެ މަސްއޫލިއްޔަތާ ހަވާލުވެހުންނެވި ޤާޟީގެ މަޝްވަރާގެ މަތިން ހިންގައި ބެލެހެއްޓުން.
  8. މުވައްޒަފުންގެ ރިޓަޔަރމަންޓްގެ މަސައްކަތް ޝަރުޢީ ދާއިރާގެ މުވައްޒަފުންނާބެހޭ ގަވާއިދުތަކާ އެއްގޮތަށް ކުރުން.
  9. ކޯޓުގެ އިންވެންޓްރީއާ ގުޅުންހުރި ހުރިހާ މަސައްކަތެއް ރާވައި ކޯޓުގެ އިންވެންޓްރީ، މާލިއްޔަތު ގަވާއިދާ އެއްގޮތަށް ބެލެހެއްޓުން.
  10. ކޯޓަށް ބޭނުންވާ ތަކެތި ހޯދުމާއި އެތަކެތި ދޫ ކުރުމުގެ އިންތިޒާމު ހަމަޖެއްސުމާއި، މިކަންކަން މާލިއްޔަތު ޤާނޫނާއި ގަވާއިދާ އެއްގޮތަށް ހިންގައި ބެލެހެއްޓުން.
  11. ކޯޓަށް ބޭނުންވާ މަރާމާތުގެ މަސައްކަތްތައް ކޯޓުގެ އިސްވެރިންގެ އިރުޝާދުތަކާ އެއްގޮތަށް ރާވައި ހިންގުން.
  12. ކޯޓުގެ ދުވަހުގެ ޔައުމިއްޔާ އަދި ކޮމިޓީ ބައްދަލުވުންތަކުގެ ޔައުމިއްޔާތައް ދުވަހުން ދުވަހަށް ނިންމައި ފައިލްކުރެވޭނެ އިންތިޒާމު ހަމަޖެއްސުން.

މަޤާމަށް މީހަކު ހޮވުމަށް އިސްކަންދެވޭނެ ކަންތައްތައް:

  1. މާލިއްޔަތު ޤާނޫނަށް އަހުލުވެރިވުން.
  2. ޝަރުޢީ ދާއިރާގެ މުވައްޒަފުންނާބެހޭ ގަވާއިދަށް އަހުލުވެރިވުން.

ވަޒީފާގެ ކުރިއެރުމާއި، މުސާރައިގެ ކުރިއެރުން:

ވަޒީފާގެ މަސައްކަތަށް ރަނގަޅުނަމަ، ކޮންމެ ދެ އަހަރަކުން އެއްއަހަރު މުސާރައިގެ ކުރިއެރުން ލިބޭނެއެވެ.

ހުށަހަޅަންޖެހޭ ތަކެތި

 

 

1- ޑްރަގް ކޯޓުގެ ވަޒީފާއަށް އެދޭ ފޯމު

2- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު

3- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

4- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓެއްނަމަ، އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު.

5- ވަޒީފާއެއް އަދާކުރައްވާ ނުވަތަ އަދާކުރައްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އަދި ވަޒީފާގެ ރޭންކް އެނގޭނެ ފަދަ ރަސްމީ ލިޔުމެއް. (އަދާކުރި ވަޒީފާގެ ރޭންކް އަކީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ވަޒީފާގެ އޮނިގަނޑުން ކޮން ރޭންކެއްކަން މިލިޔުމުގައި އެނގެން އޮންނަންވާނެ)

6- އަލަށް ވަޒީފާއާ ގުޅޭ މީހުންނާއި، GS3 ރޭންކުން ފެށިގެން ދަށުގެ ވަޒީފާތަކަށް ކުރިމަތިލާ މީހުންގެ ސްކޫލް ލީވިންގ ސެޓުފިކެޓުގެ ފޮޓޯކޮޕީ.

7- ބޮންޑެއް އޮތް ފަރާތެއްކަމުގައިވާނަމަ، ވަޒީފާ އަދާކުރާ އޮފީހަކުން ވަޒީފާއިން ދޫކުރައްވާނެކަމުގެ ލިޔުން.

ސުންގަޑި

01 ޑިސެންބަރު 2015 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން ޑްރަގް ކޯޓަށް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު

 

 

- މި މަޤާމުތަކަށް އެދިލައްވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ވަޒީފާއަށް އެދޭ ފޯމު މިކޯޓުގެ ކައުންޓަރުންނާއި ވެބްސައިޓް www.drugcourt.gov.mv އިން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިކޯޓުގެ ނަންބަރު 3018556 ފޯނަށް ގުޅުއްވުން އެދެމެވެ.

- އެޕްލިކޭޝަން ހުށަހަޅަންވީ އެޑްރެސް: ޑްރަގް ކޯޓް، ޢިއްޒުއްދީން މަގު

ނޯޓް:

މަތީގައިވާ މަޤާމުތަކުގެ އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ޝަރުޠު ފުރިހަމަވާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެންމެމަތިން މާކްސް ލިބިފައިވާ ފަރާތްތަކަށެވެ.

23 ނޮވެންބަރު 2015
ހޯދާ