ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ކޮމްޕިއުޓަރ ސިސްޓަމްތަކެއް ގަންނަން

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ބިޒްނަސް ސްކޫލަށް ކޮމްޕިއުޓަރ ސިސްޓަމްތަކެއް ގަންނަން ބޭނުންވެގެން ކުރި އިޢުލާން ނަންބަރު 290/MNU-CA-FNP/2015ފ(01 ޖޫން 2015) އިޢުލާނާ ގުޅިގެން މަސައްކަތް ހަވާލުކުރުމަށް ނިންމުނު ފަރާތުން އެގްރީމެންޓްގައި ސޮއިކުރުމަށް ހާޒިރުވެފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވައިލައިފީމެވެ.

ވީމާ، މިތަކެތި ވިއްކެވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 25 ނޮވެންބަރު 2015 ވާ (ބުދަ) ދުވަހުގެ 11:00 އަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 29 ނޮވެންބަރު 2015 ވާ (އާދީއްތަ) ދުވަހުގެ 11:00 އަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރަން އޮންނަ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.

06 ޞަފަރު 1437

18 ނޮވެންބަރު 2015
ހޯދާ