ކުނބުރުދޫ ސްކޫލް
ދިވެހިރާއްޖެ
ފާޚާނާތައް މަރާމާތުކުރުން

ސްކޫލް ފާޚާނާތައް މަރާމާތުކުރުން. 

މި ސްކޫލުގެ ބްލޮކްވެފައިވާ ފާޚާނާ ރަނގަޅު ކުރުމަށާއި، ދެ ފާޚާނާގެ ދެ ދޮރުގެ ތާށިކަން ފިލުވުމަށް އަދި ޖަންގުޝަން ސާފުކޮށް ވަސްހޮޅި ހަރުކުރުމަށް ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް 03 ޑިސެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ ހެނދުނުގެ 11:00 ގައި ސްކޫލް އޭވީ ރޫމުގައި އޮންނާެނެއެވެ. މިކަމާ ބެހޭގޮތުން މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުން އޮންނާނީ 09 ޑިސެންބަރު 2015 ވާ ބުދަ ދުވަހުގެ 11:00ގައި ސްކޫލްގެ އޭވީ ރޫމުގައެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

07 ޞަފަރު 1437

19 ނޮވެންބަރު 2015
ހޯދާ