ކުނބުރުދޫ ސްކޫލް
ދިވެހިރާއްޖެ
ސްޓޭޖް ކްލާސްރޫމުގެ ތަޅުންގަނޑު ނަގައި އަލުން ތަޅުން އެޅުން

މި ސްކޫލުގެ ސްޓޭޖް ކްލާސްރޫމުގެ ތަޅުންގަނޑު ނަގައި އަލުން ތަޅުން އެޅުމަށް ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް 03 ޑިސެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ ހެނދުނުގެ 11:00 ގައި ސްކޫލް އޭވީ ރޫމުގައި އޮންނާނެއެވެ. މިކަމާ ބެހޭގޮތުން މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުން އޮންނާނީ 09 ޑިސެންބަރު 2015 ވާ ބުދަ ދުވަހުގެ 11:00ގައި ސްކޫލުގެ އޭވީ ރޫމުގައެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

07 ޞަފަރު 1437

19 ނޮވެންބަރު 2015
ހޯދާ