މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ވިލިނގިލީގައި އިމާރާތް ކުރެވިފައިވާ ޕްރީ ސްކޫލް ހިންގައި ބެލެހެއްޓުމުގެ ބީލަން ހުށަހެޅުމުގެ ދަޢުވަތު

ވިލިނގިލީގައި އިމާރާތް ކުރެވިފައިވާ ޕްރީސްކޫލް، މެނޭޖްމަންޓް ކޮންޓްރެކްޓްގެ ދަށުން ހިންގައި ބެލެހެއްޓުމުގެ ބީލަން ހުށަހެޅުމުގެ ދަޢުވަތު

މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ވިލިނގިލީގައި އިމާރާތް ކުރައްވައި ޕްރީސްކޫލް މެނޭޖްމަންޓް ކޮންޓްރެކްޓެއްގެ ދަށުން ހިންގައި ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް މި މިނިސްޓްރީން ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމަށް 06 ޑިސެންބަރު 2015 ގެ 14:00 އަށް ވެލާނާގޭގެ 8 ވަނަ ފަންގިފިލާ ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެން ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައި ބީލަން ހުށަހެޅުއްވުން އެދެމެވެ. އަދި ދަންނަވަމެވެ. ޕްރީބިޑް މީޓިންގ 01 ޑިސެންބަރު 2015 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 ގައި ވިލިނގިލީ ޕްރީސްކޫލުގައި އޮންނާނެއެވެ.

"ވިލިނގިލީގައި އިމާރާތް ކުރެވިފައިވާ ޕްރީ ސްކޫލް މެނޭޖްމަންޓް ކޮންޓްރެކްޓްގެ ދަށުން ހިންގައި ބެލެހެއްޓުމުގެ ބީލަން" މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ވެލާނާގޭގެ 8 ވަނަ ފަންގިފިލާއިން 24 ނޮވެންބަރު 2015 ން 05 ޑިސެންބަރު 2015 ވަނަ ދުވަހުގެ ނިޔަލަށް ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން 12:00 އަށް މިމިނިސްޓްރީގެ ފައިނޭންސް ސެކްޝަނުން (ވެލާނާގޭގެ 08 ވަނަ ފްލޯ) ލިބިވަޑައިގަންނަވާނެއެވެ. ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެއް ބީލަމެވެ. ބީލަންފޮތެއް ލިބެން ހުންނާނީ -/500 ރުފިޔާއަށެވެ.

07 ޞަފަރު 1437

19 ނޮވެންބަރު 2015
ހޯދާ