މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ޕްރޮޖެކްޓް ޑައިރެކްޓަރ (ޕީ.ޑީ)

ޕްރޮވިޝަން އޮފް ވޯޓަރ ސަޕްލައި އެންޑް ސްވަރޭޖް ފެސިލިޓީސް އިން ދަ އައި ލެންޑްސް

ޝަޢުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު

ޕްރޮޖެކްޓް ޑައިރެކްޓަރ (ޕީ.ޑީ)

ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ(އެމް.އީ.އީ)އިން އޮޕެކް ފަންޑް ފޯރ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) ގެ ލޯން އެހީގެ ދަށުން ކުރިއަށްގެންދާ 'ޕްރޮވިޝަން އޮފް ވޯޓަރ ސަޕްލައި އެންޑް ސްވަރޭޖް ފެސިލިޓީސް އިން ދަ އައި ލެންޑްސް' މަޝްރޫޢުގެ ޕްރޮޖެކްޓް މެނޭޖްމަންޓް އަދި އިންޕްލެމެންޓޭޝަންގެ މަސައްކަތްތައް ބަލައި މެނޭޖްކުރާނެ ފުލްޓައިމް ޕްރޮޖެކްޓް ޑައިރެކްޓަރެއް ހޯދުމަށް ބޭނުންވެއެވެ.

ޕްރޮޖެކްޓް ޑައިރެކްޓަރުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީގެ ދަށުން ކުރިއަށްގެންދާ ފެނާއި ނަރުދަމާގެ މަޝްރޫޢުތަކުގެ ޕްރޮޖެކްޓް މެނޭޖްމަންޓް އަދި މަޝްރޫޢުގެ އެކިއެކި މަސައްކަތްތައް ވިލަރެސްކޮށް ތަންފީޒުކުރާ މިންވަރު ބެލުން ހިމެނެއެވެ.

ޕްރޮޖެކްޓް ޑައިރެކްޓަރުގެ މަޤާމަށް ކުރިމަތިލާ ފަރާތުގެ ކިބައިގައި ހުންނަންވާ ޝަރުޠުތަކުގެ ތެރޭގައި:

ހ)  ޕްރޮޖެކްޓް މެނޭޖްމަންޓް ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މާސްޓަރސް ޑިގްރީ ހާސިލުކޮށްފައިވުން.

ށ)  މަދުވެގެން 10 އަހަރު ދުވަހުގެ ޢަމަލީ ތަޖުރިބާ ލިބިފައިވުން، މީގެ އިތުރުން 07 އަހަރު ދުވަހު ކޮންސްޓްރަކްޝަން ޕްރޮޖެކްޓްތަކުގައި މަސައްކަތް ކޮށްފައި ވުމާއެކު މަސައްކަތުގައި އަދާކޮށްފައިވާ ޒިންމާތަކުގެ ތެރޭގައި މެނޭޖްމަންޓާއި ސުޕަވިޝަން މަސައްކަތްތައް ހިމެނުން.

ނ) ސިވިލް ނުވަތަ އެންވަޔަރަމަންޓް އިންޖީނިއަރިންގގެ ދާއިރާއިން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދު ހާސިލު ކޮށްފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

ރ) ޕަބްލިކް އަދި ޕްރައިވެޓް ސެކްޓަރތަކުގައި ދާއިރާއާ ގުޅޭގޮތުން ތަޖްރިބާ ލިބިފައިވުން. މިގޮތުން ބައިނަލްއަޤްވާމީ އިދާރާތަކުގައި މަސައްކަތްކުރުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭއެވެ.

ރ)  ބައިނަލްއަޤްވާމީ އިދާރާތަކުގައި ދާއިރާއާއި ގުޅޭގޮތުން ޕްރޮޖެކްޓް މެނޭޖްކުރުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ބ) ފެނާއި ނަރުދަމާގެ ދާއިރާއިން މަޝްރޫޢުތައް ހިންގުމުގައި ޢަމަލީ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ޅ) ޕްރޮކިއުމަންޓްގެ އުސޫލުތައް އެނގުމާއި، ބޭރުގެ އޭޖެންސީތަކާއި ދައުލަތުގެ ޕްރޮކިއޮމަންޓުގެ ގަވާއިދުތަކަށް އަހުލުވެރި ވެފައިވާ ފަރާތެއް ކަމުގައިވުމަކީ އެދެވިގެންވާ ކަމެކެވެ.

ކ) އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރުމުގެ ޤާބިލުކަން ލިބިފައިވުމާއިއެކު ދިމާވާ މައްސަލަތައް ޙައްލުކުރުމަށް މުޢާމަލާތްކުރުމުގެ ހުނަރު ލިބިފައިވުމާއި، މައްސަލަތައް ޙައްލުކުރުމުގެ ޤާބިލުކަން ލިބިފައިވުން އަދި ތަފާތު ހުނަރުތައް އެކުލެވޭ ޓީމެއްގައި މަސައްކަތް ކުރުމުގެ ޤާބިލްކަން ލިބިފައިވުން؛ 

- ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ހީވާގި މީހަކަށް ވުމާއެކު ޕްރޮޖެކްޓްގެ ބޭނުމަށް ރަށްރަށަށް ދަތުރުކުރެވޭނެ މީހަކަށް ވުން.

މި މަޤާމަށް ހޮވޭ ފަރާތަށް މުސާރައިގެ ގޮތުގައި -/46,000 ރުފިޔާގެ އުޖޫރައެއް ދެވޭނެއެވެ.

މަތީގައި ދެންނެވިފައިވާ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ހުށަހެޅުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ފަރާތުން ހުޅުވާލަމެވެ. މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މިމަސައްކަތް ކުރުމުގެ ޤާބިލުކަން ސާބިތުކޮށްދިނުމުގެ ގޮތުން؛  ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ މަޢުލޫމާތު، މިފަދަ މާހައުލުތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ، ތަޢުލީމީ ފެންވަރާއި ހުނަރު އަދި އެހެނިހެން މަޢުލޫމާތު ހިމެނޭ ވަނަވަރު ހުށަހަޅަން ވާނެއެވެ.

މި މަސައްކަތުގެ "ޓާރމްސް އޮފް ރިފަރެންސް" މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް [email protected]  އީމެއިލް ކުރެއްވުން އެދެމެވެ.

ޝައުޤުވެރިވާ ފަރާތްތަކުން 2015 ޑިސެންބަރު 06 ވަނަދުވަހުގެ 12:00ގެ ކުރިން، އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" މެއިލް، އީމެއިލް ނުވަތަ ފެކްސް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ.

ވޯޓަރ އެންޑް ސްވަރޭޖް ޕްރޮޖެކްޓްސް

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ

ހަނދުވަރީ ހިނގުން،މާފަންނު، މާލެ، 20392، ދިވެހިރާއްޖެ

ފެކްސް: 301-3018-960+

ފޯން : 300-3018-960+

އީމެއިލް: [email protected]

19 ނޮވެންބަރު 2015
ހޯދާ