މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
އިންޖިނިއަރ

ޕްރޮވިޝަން އޮފް ވޯޓަރ ސަޕްލައި އެންޑް ސްވަރޭޖް ފެސިލިޓީސް އިން ދަ އައި ލެންޑްސް

ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު

އިންޖިނިއަރ

ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖ(އެމް.އީ.އީ)އިން  އޮޕެކް ފަންޑް ފޯރ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) ގެ ލޯން އެހީގެ ދަށުން ކުރިއަށްގެންދާ ޕްރޮވިޝަން އޮފް ވޯޓަރ ސަޕްލައި އެންޑް ސްވަރޭޖް ފެސިލިޓީސް އިން ދަ އައި ލެންޑްސް' މަޝްރޫޢުގެ މަސައްކަތައް ބޭނުންވާ ފަންނީ ލަފާ ދިނުމަށާއި ޕްރޮޖެކްޓް ރާވައި ހިންގުމަށްޓަކައި އިންޖިނިއަރެއް އައްޔަން ކުރުމަށް ބޭނުންވެއެވެ.

އިންޖިނިއަރގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީއިން ކުރިއަށްގެންދާ ފެނާއި ނަރުދަމާގެ މަޝްރޫޢުތަކަށް ބޭނުންވާ ފަންނީ ލަފާ ދިނުމާއި ޕްރޮޖެކްޓް ރާވައި ހިންގުމަށް އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ.

އިންޖިނަރުގެ މަޤާމަށް ކުރިމަތިލާ ފަރާތުގެ ކިބައިގައި ހުންނަންވާ ޝަރުތުތަކުގެ ތެރޭގައި:

(ހ) ސިވިލް ނުވަތަ އެންވަޔަރަންމަންޓަލް އިންޖިނިއަރިންގ (ވޯޓަރ ސަޕްލައި އެންޑް ސެނިޓޭޝަން އިލެކްޓިވް ސަބްޖެކްޓްސް) ގެ ދާއިރާއިން ބެޗްލާރސް ޑިގްރީ ހާސިލުކޮށްފައިވުން.

(ށ) މަދުވެގެން 10 އަހަރު ދުވަހުގެ ޢަމަލީ ތަޖުރިބާ ލިބިފައިވުމާއެކު، މަދުވެގެން 7 އަހަރު ދުވަހު ފެނާއި ނަރުދަމާގެ މަޝްރޫޢުތައް ޑިޒައިންގ ކުރުމުގައާއި މަޝްރޫޢުތައް ރާވައި ހިންގުމުގެ ތަޖުރިބާ ލިބިފައިވުން.

(ނ) ބައިނަލްއަޤްވާމީ ޖަމުއިއްޔާތަކުގެ މަޝްރޫޢުތައް ރާވައި ހިންގުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

(ރ) މައިކްރޯސޮފްޓް އޮފީސް ޕެކޭޖް އަދި ކޮމްޕިއުޓަރ އެއިޑަޑް ޑިޒައިންގ ސޮފްޓް ވެއަރތަކަށް އަހުލުވެރިވެފައިވުން.

(ބ) ފަރިތަކަމާއެކު އިނގިރޭސިބަހުން މުޢާމަލާތް ކުރުމާއި ޕްރެޒެންޓޭޝަން ދިނުމާއި އަދި ނެގޯޝިއޭޓް ކުރުމުގެ ހުނަރު ލިބިފައިވުން.

(ޅ) މަޝްރޫޢާގުޅޭ ތަފާތު އެކި ފަރާތްތަކާ ގުޅިގެން މަސައްކަތްކުރުމާއި، ޕްރޮޖެކްޓް ޓީމް މޯޓިވޭޓް ކުރުވުމާއި ލީޑަރޝިޕް ހުނަރު ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

(ކ) ރާއްޖޭގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުމަކީ މިކަމަށް ކުރިމަތިލައްވާ ފަރާތްތައް ހޮވުމުގައި އިސްކަން ދެވޭނެއެވެ.

(އ) އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރުމުގެ ޤާބިލްކަން ލިބިފައިވުމާއެކު ދިމާވާ މައްސަލަތައް ޙައްލުކުރުމަށް މުޢާމަލާތްކުރުމުގެ ހުނަރު ލިބިފައިވުމާއި، މައްސަލަތައް ޙައްލުކުރުމުގެ ޤާބިލުކަން ލިބިފައިވުން އަދި ތަފާތު ހުނަރުތައް އެކުލެވޭ ޓީމެއްގައި މަސައްކަތް ކުރުމުގެ ޤާބިލުކަން ލިބިފައިވުން؛  

ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ހީވާގި މީހަކަށް ވުމާއެކު ޕްރޮޖެކްޓްގެ ބޭނުމަށް ރަށްރަށަށް ދަތުރުކުރެވޭނެ މީހަކަށް ވުން.

މި މަޤާމަށް ހޮވޭ ފަރާތަށް މުސާރައިގެ ގޮތުގައި 38,000 ރުފިޔާގެ އުޖޫރައެއް ދެވޭނެއެވެ.

މަތީގައި ދެންނެވިފައިވާ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ހުށަހެޅުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ފަރާތުން ހުޅުވައިލަމެވެ.

މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މިމަސައްކަތްކުރުމުގެ ޤާބިލުކަން ސާބިތުކޮށްދިނުމުގެ ގޮތުން؛  ދާއިރާއިން  ކޮށްފައިވާ މަސައްކަތްތަކުގެ މަޢުލޫމާތު، މިފަދަ މާހައުލުތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ، ތަޢުލީމީ ފެންވަރާއި ހުނަރު އަދި އެހެނިހެން މަޢުލޫމާތު ހިމެނޭ ވަނަވަރު ހުށަހަޅަން ވާނެއެވެ.

މި މަސައްކަތުގެ "ޓާރމްސް އޮފް ރިފަރެންސް" މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް [email protected]  އީމެއިލް ކުރެއްވުން އެދެމެވެ.

ޝައުޤުވެރިވާ ފަރާތްތަކުން 2015 ޑިސެންބަރު 5 ވަނަ ދުވަހުގެ 12:00 ގެ ކުރިން، އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" މެއިލް، އީމެއިލް ނުވަތަ ފެކްސް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ.

ވޯޓަރ އެންޑް ސްވަރޭޖް ޕްރޮޖެކްޓްސް

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ

ފެކްސް: 301-3018-960+

ފޯން : 300-3018-960+

އީމެއިލް: [email protected]

19 ނޮވެންބަރު 2015
ހޯދާ