މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ޕާކް ވާޑަންސް (ވަގުތީ)

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި މިނިސްޓްރީއިން ހިތަދޫ އީދިގަލި ކިޅި ސަރަހައްދުގައި ގާއިމު ކުރަމުންދާ އިކޯ-ޓުއަރިޒަމް ފެސިލިޓީގެ ސެކިޔުރިޓީ ބެލެހެއްޓުމަށް ތިރީގައިވާ މަގާމުތަކަށް މުވައްޒަފުން ބޭނުންވެއެވެ.

މަގާމު:

ޕާކް ވާޑަންސް (ވަގުތީ)

ބޭނުންވާ ޢަދަދު:

4

ވަޒީފާ އަދާ ކުރަންޖެހޭ ތަން:

އިކޯ-ޓުއަރިޒަމް ފެސިލިޓީ (ހިތަދޫ އީދިގަލި ކިޅި)

އަސާސީ މުސާރަ:

-/3,875 ރުފިޔާ

އިތުރު ޢިނާޔަތްތައް:

ސަރވިސް އެލަވަންސް : -/1,000 ރުފިޔާ

ކަނޑައެޅިފައިވާ އުސޫލުގެ މަތިން ކޮއްތު ފައިސާ އަދި ޝިފްޓް ޑިއުޓީ އެލަވަންސް ދެވޭނެއެވެ.

އަދާކުރަންޖެހޭ މަސްއޫލިއްޔަތު:

  1. ހިތަދޫ އީދިގަލި ކިޅި ސަރަހައްދުގައި ގާއިމު ކުރަމުންދާ އިކޯ-ޓުއަރިޒަމް ފެސިލިޓީގެ ސަލާމަތީ ކަންތައްތައް މިމިނިސްޓްރީއިންނާއި އައްޑޫ ސިޓީ ކައުންސިލުން ހަމަޖައްސާ ޝިފްޓް ޑިއުޓީ އުސޫލެއްގެ މަތިން ބެލެހެއްޓުން؛
  2. ޑިއުޓީ ގަޑީގައި ކޮންމެ 120 މިނިޓަކުން ފެސިލިޓީގެ ވަށައިގެން ހިނގާ ބަލައި ޗެކްކުރުން؛
  3. ފެސިލިޓީގެ އެއްވެސް ހަޓަކަށް ނުވަތަ ފެންސަކަށް ނުވަތަ ސަރަހައްދަށް ގެއްލުމެއް ލިބިފައިވާނަމަ، އެކަން ވީހާވެސް އަވަހަކަށް ސިޓީ ކައުންސިލްގެ ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުން.
  4. ގަވާއިދާ ޚިލާފަށް އިކޯ-ޓުއަރިޒަމް ފެސިލިޓީ ސަރަހައްދަށް ވަނުމާއި، މިސަރަހައްދަށް ކުނި އެޅުމާއި ނުވަތަ މިސަރަހައްދުގައި އެއްވެސް ބާވަތެއްގެ މަނާކަމެއް ކުރާނަމަ، އެފަދަ ކަންތައް ހުއްޓުވުމާއި އަދި ގަވާއިދާ ޚިލާފުކަމެއް ހިނގާނަމަ އެކަމެއް ވަގުތުން ސިޓީ ކައުންސިލަށް  ރިޕޯޓްކުރުން.

ފެންވަރު ނުވަތަ ޝަރުޠު:

(ހ) އަސާސީ ތަޢުލީމު ފެންވަރު ހުރުން؛

(ށ) މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން؛

(ނ) ޢުމުރުން 25 އަހަރާއި 55 އަހަރާ ދެމެދުގެ މީހަކު ކަމުގައި ވުން؛

(ރ) މަގާމުގެ މަސައްކަތުގެ މަސްއޫލިއްޔަތު އަދާ ކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހަކު ކަމުގައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. މަޤާމަށް އެދި ހުށަހަޅާ ސިޓީ
  2. މުއްދަތު ހަމަނުވާ އައި.ޑީ ކާޑުގެ ކޮޕީ
  3. މަސައްކަތުގެ ތަޖުރިބާ / ލިބިފައިވާ ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް

މަޤާމަށް އެންމެ ޤާބިލު ފަރާތެއް ހޯދުމަށް ބެލޭނެ ކަންތައްތައް:

  1. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަމްރީނާއި ތަޖުރިބާ
  2. އިންޓަރވިއު
  3. މަސައްކަތަށް ޝައުޤުވެރިކަން ހުރި މިންވަރު

އިތުރު މަޢުލޫމާތު:

މި މަޤާމުތަކަށް މީހުން އައްޔަނު ކުރެވޭނީ 12 (ބާރަ) މަސްދުވަހުގެ މުއްދަތަށެވެ. އަދި މިމަޤާމުތަކަށް ހޮވޭ ފަރާތްތަކުން ޖަނަވަރީ 2016 ގައި މަސައްކަތް ފަށަން ޖެހޭނެއެވެ.

ސުންގަޑި އަދި ލިޔުން ހުށަހަޅަންޖެހޭ އިދާރާ:

2015 ޑިސެންބަރު 03 (ބުރާސްފަތި) ދުވަހު 14:00 ކުރިން އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއަށް

 

19 ނޮވެންބަރު 2015
ހޯދާ