ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އެސިސްޓެންޓް އޮފިސަރ

މި ކުންފުނީގެ މިދަންނަވާ މަޤާމަށް މުވައްޒަފެއް ބޭނުންވެއްޖެއެވެ.

މަޤާމް: އެސިސްޓެންޓް އޮފިސަރ

ޢަދަދު:01

އަސާސީ މުސާރަ: -/3380 ރ އާއި -/4350ރ އާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.

މަސައްކަތް ކުރަންޖެހޭތަން: އެސްޓީއޯ ހެޑް އޮފީސް / ޕްރޮކިޔޮމަންޓް ޑިޕާޓްމަންޓް

އެހެނިހެން އިނާޔަތްތައް:

* އިތުރު އެލަވަންސް: -/1950ރ އާއި -/2700ރ އާ ދެމެދުގެ ޢަދަދެއް ލިބޭނެއެވެ.

* އިތުރުގަޑީގައި އަދި ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާ ބެހޭ ޤާނޫންގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

* މަތީތަޢުލީމު ހާސިލުކޮށްފައިވާނަމަ ހަމަޖެހިފައިވާ އުސޫލުން ޓެކްނިކަލް ނުވަތަ ޕްރޮފެޝަނަލް އެލަވަންސް ލިބޭނެއެވެ.

މެޑިކަލް އިންޝުއަރެންސް (ޕްރޮބޭޝަނަށްފަހު)   *

މަޤާމުގެ މަސްއޫލިއްޔަތު:

* ކަސްޓަމްސަށް ފޮނުވަންޖެހޭ އެއަރ ފްރައިޓް އަދި ސީ ފްރައިޓް އާއި ގުޅުންހުރި ލިޔެކިޔުންތައް ތައްޔާރުކުރުން

* އެއަރ ފްރައިޓް އަދި ސީ ފްރައިޓާބެހޭ ކަންތައްތައް އަޕްޑޭޓްކުރުން

* އެހެނިހެން ކްލިއަރެންސާ ގުޅުންހުރި މަސައްކަތްކުރުން

ތަޢުލީމާއި ތަޖްރިބާ:

* ޖީސީއީ އޯލެވެލް ފުރިހަމަކޮށްފައިވުން

މަޤާމަށް ހޮވުމުގައި އިސްކަންދޭނެ ކަންތައްތައް:

* ކަސްޓަމްސް އަދި އެމްޕީއެލްގައި ހެދިފައިވާ ގަވާއިދުތަކާއި އުސޫލުތަކަށް އަހުލުވެރިވެފައިވުން

* ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މިހެއްކަމުގައިވުން

* މަޤާމްގެ ދާއިރާއަކުން މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށް އިސްކަންދެވޭނެއެވެ

މި މަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 22 ނޮވެންބަރު 2015 (އާދީއްތަ) ދުވަހުގެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމު މި ކުންފުނީގެ ހެޑް އޮފީހުގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

އެސްޓީއޯ ވެބްސައިޓް: http://www.stomaldives.com/downloads

ނޯޓް:

  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސަރޓިފިކެޓް ހުށަހަޅާފައިވާނަމަ، އިންޓަވިއުއަށް ހާޒިރުވާންވާނީ ސަރޓިފިކެޓްތަކުގެ އަސްލާއެކުގައެވެ.)
  • މި މަޤާމަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓްފިކެޓްތަކާއި މަސައްކަތުގެ ތަޖުރިބާ އަދި އިންޓަވިއުއަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަަކެވެ.
  • މުސާރަ ހަމަޖައްސާނީ ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓަށް ބަލާފައެވެ.
  • އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
  • ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯޓް / ކުށުގެ ރިކޯޑަށް ބަލާނެއެވެ.

އެޑްރެސް:

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން  ޕލކ ހެޑް އޮފީސް

ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345

ފޯން: 3344261 ވެބްސައިޓް: www.stomaldives.com

                                                                                                                          16 ނޮވެމްބަރ 2015

16 ނޮވެންބަރު 2015
ހޯދާ