ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އޮފިސަރ

މި ކުންފުނީގެ މިދަންނަވާ މަޤާމަށް މުވައްޒަފެއް ބޭނުންވެއްޖެއެވެ.

މަޤާމު: އޮފިސަރ  

ޢަދަދު:01

އަސާސީ މުސާރަ: -/4350ރ އާއި -/5100ރ އާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.

މަސައްކަތް ކުރަންޖެހޭތަން: އެސްޓީއޯ ހެޑް އޮފީސް / ޕްރޮކިޔޮމަންޓް ޑިޕާޓްމަންޓް

އެހެނިހެން އިނާޔަތްތައް:

* އިތުރު އެލަވަންސް: -/1950ރ އާއި -/2700ރ އާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.

* އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާ ބެހޭ ޤާނޫންގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

* މަތީތަޢުލީމު ހާސިލުކޮށްފައިވާނަމަ ހަމަޖެހިފައިވާ އުސޫލުން ޓެކްނިކަލް ނުވަތަ ޕްރޮފެޝަނަލް އެލަވަންސް ލިބޭނެއެވެ.

މެޑިކަލް އިންޝުއަރެންސް (ޕްރޮބޭޝަން އަށްފަހު)   *

މަޤާމުގެ މަސްއޫލިއްޔަތު:

* ކަސްޓަމްސްއަށް ފޮނުވަންޖެހޭ އެއަރ ފްރައިޓް އަދި ސީ ފްރައިޓާ ގުޅުން ހުރި ލިޔެކިޔުންތައް ތައްޔާރުކުރުން

* އެއަރ ފްރައިޓް އަދި ސީ ފްރައިޓްއާބެހޭ ކަންތައްތައް އަޕްޑޭޓްކުރުން

* އެހެނިހެން ކްލިއަރެންސްއާއި ގުޅުންހުރި މަސައްކަތްކުރުން

ތަޢުލީމާއި ތަޖްރިބާ:

* ޖީސީއީ އޯލެވެލްގެ 2 މާއްދާ އަަދި އެސް އެސް ސީ އިމްތިޙާނުގެ ދިވެހިން "ސ" ފާހަށްވުރެ މަތީން ފާސްވެފައިވުން

* ކަސްޓަމަރސް ބްރޯކަރ ޓްރެއިނިންގ ފުރިހަމަކޮށްފައިވުން

މަގާމަށް ހޮވުމުގައި އިސްކަންދޭނެ ކަންތައްތައް:

* ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މިހެއްކަމުގައިވުން

* ކަސްޓަމްސް އަދި އެމްޕީއެލްގައި ހެދިފައިވާ ގަވާއިދުތަކާއި އުސޫލުތަކަށް އަހުލުވެރިވެފައިވުން

* މަޤާމުގެ ދާއިރާއަކުން މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށް އިސްކަންދެވޭނެއެވެ

މި މަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 23 ނޮވެންބަރު 2015 (ހޯމަ) ދުވަހުގެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމު މި ކުންފުނީގެ ހެޑް އޮފީހުގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

އެސްޓީއޯ ވެބްސައިޓް: http://www.stomaldives.com/downloads

ނޯޓް:

  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސަރޓިފިކެޓް ހުށަހަޅާފައިވާނަމަ، އިންޓަވިއުއަށް ހާޒިރުވާންވާނީ ސަރޓިފިކެޓްތަކުގެ އަސްލާއެކުގައެވެ.)
  • މި މަޤާމަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓްފިކެޓްތަކާއި މަސައްކަތުގެ ތަޖުރިބާ އަދި އިންޓަވިއުއަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަަކެވެ.
  • މުސާރަ ހަމަޖައްސާނީ ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓަށް ބަލާފައެވެ.
  • އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
  • ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯޓް / ކުށުގެ ރިކޯޑަށް ބަލާނެއެވެ.

އެޑްރެސް:

ސްޓޭޓް ޓްރޭޑިން އޯރގަނައިޒޭޝަން  ޕލކ ހެޑް އޮފީސް

ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345

ފޯން:  3344261         ވެބްސައިޓް: www.stomaldives.com

 

16 ނޮވެންބަރު 2015
ހޯދާ