ކުނބުރުދޫ ސްކޫލް
ދިވެހިރާއްޖެ
ޚާއްޞަ ފާޚާނާ ހެދުން

ޕްރީ ސްކޫލަށް ބޭނުންވާ ޚާއްޞަ ފާޚާނާ ހެދުން

މި ސްކޫލުގެ ޕްރީ ސްކޫލް ކުދިންނަށް ބޭނުންވާ ޚާއްޞަ ފާޚާނާ ( 1650 މިލިމީޓަރ ފުޅާ، 1350 މިލިމީޓަރ ދިގު ) ހެދުމަށް ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް 26 ނޮވެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ ހެނދުނުގެ 11:00 ގައި ސްކޫލް އޭވީ ރޫމުގައި އޮންނާެނެއެވެ. މިކަމާ ބެހޭގޮތުން މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުން އޮންނާނީ 02 ޑިސެންބަރު 2015 ވާ ބުދަ ދުވަހުގެ 11:00ގައި ސްކޫލުގެ އޭވީ ރޫމުގައެވެ.

ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

30 މުޙައްރަމް 1437

12 ނޮވެންބަރު 2015
ހޯދާ