މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ކޮންސަލްޓެންސީ ފާމެއް ހޯދުމަށް

ކޮންސަލްޓެންސީ ފާމެއް ހޯދުމަށް ބޭނުންވެއްޖެ

މިމިނިސްޓްރީގެ ބެލުމުގެ ދަށުގައިވާ މާލެއާއި އަތޮޅުތަކުގެ ސްކޫލްތަކާއި އެހެނިހެން ޢިމާރާތްތަކުގެ ތެރެއިން 5 މިލިއަނަށްވުރެ ބޮޑެތި ޕްރޮޖެކްޓްތަކުގެ މަސައްކަތް ކޮށްދޭނެ ކޮންސަލްޓެންސީ ފާރމެއް 01 އަހަރުދުވަހުގެ މުއްދަތަށް ހޯދުމަށް ކުރެވުނު ނަންބަރު IUL)22-PU/1/2015/343) އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހަޅާފައިވާ ފަރާތުން ބިޑާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަހަޅާފައިނުވާތީ، އެ އިޢުލާން ބާޠިލު ކުރުމަށްފަހު އަލުން އިޢުލާން ކުރީމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭގެ 08 ވަނަ ފަންގިފިލާ) ގެ ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭގެ 08 ވަނަ ފަންގިފިލާ) ގެޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެންދެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

23 ނޮވެންބަރު 2015 (ހޯމަ) ދުވަހުގެ 14:00 އަށް

26 ނޮވެންބަރު 2015 (ބުރާސްފަތި) ދުވަހުގެ 14:00 އަށް

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341436, 3341403 ނަންބަރު ފޯނާއެވެ.

05 ޞަފަރު 1437

17 ނޮވެންބަރު 2015
ހޯދާ