ގުޅިފަޅު އިންވެސްޓްމަންޓް ލިމިޓެޑް
ދިވެހިރާއްޖެ
ފައިނޭންޝިއަލް ކޮންޓްރޯލަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމުގެ ނަން: ފައިނޭންޝިއަލް ކޮންޓްރޯލަރ

މަސައްކަތްކުރާ ޑިޕާޓްމަންޓް: އެކައުންޓިންގ އެންޑް ފައިނޭންސް

ބޭނުންވާ އަދަދު: 1 (އެކެއް)

މުސާރަ: -/20،000 

އެލަވަންސް: މުސާރައިގެ އިތުރުން، ކުންފުނިން ހަމަޖެހިފައިވާ އުސޫލުން އެލަވަންސް ލިބޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ތަން:  ގުޅިފަޅު އިންވެސްޓްމަންޓްސް ލިމިޓެޑުގެ މާލެ އޮފީސް 

ފެންވަރު ނުވަތަ ޝަރުޠު: 

  • ދިވެހިރާއްޖޭގެ ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލުކުރާ ފެންވަރުގެ ކޮލެޖެއް ނުވަތަ ޔުނިވަރސިޓީއަކުން ފައިނޭންސާ ގުޅުންހުރި ދާއިރާއަކުން ދަށްވެގެން ބެޗަލަރސް ޑިގްރީ ފެންވަރުގެ ކޯހެއް ހާސިލުކޮށްފައިވުން (އޭ. ސީ. ސީ. އޭ. ސެޓްފިކެޓް ހާސިލުކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.)
  • ފައިނޭންސް/ބަޖެޓާ ގުޅުންހުރި ދާއިރާއަކުން މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާއެއް ލިބިފައިވުން.

މަޤާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު:

  • ކުންފުނީގެ ބަޖެޓާބެހޭ އެންމެހައި ކަންކަން ކުރުން.
  • އޮޑިޓް މަސައްކަތް ރާވައި ހިންގުން.
  • ފައިނޭންސް ސެކްޝަނުގެ މުވައްޒުންނަށް ތަމްރީން ޕްރޮގްރާމްތައް ރާވައި ހިންގުން.
  • ބޭންކުގެ މުޢާމަލާތްތައް މޮނިޓަރކުރުން.
  • ކުންފުނިން ހިންގާ މަޝްރޫޢުތަކުގެ ޚަރަދު ބެލެހެއްޓުމާއި، ކޭޝްފްލޯ ފޯކާސްޓް ތައްޔާރުކުރުން.
  • ކުންފުނީގެ ބޯޑާއި މަނޭޖްމަންޓަށް ބޭނުންވާ ފައިނޭންޝަލް ރިޕޯޓްތައް ތައްޔާރުކުރުން.
  • މުވައްޒަފުންގެ މުސާރައާއި ކުންފުނިން މަހުން މަހަށް ކުރާ ޚަރަދުތައް ބެލުން.
  • ކުންފުނިން ހިންގާ މަޝްރޫޢުތަކަށް ބޭނުންވާނޭ ފައިނޭންސް ހޯދުމުގައި ބޭންކްތަކާއި އެހެނިހެން ފައިނޭންޝަލް އިންސްޓިޓިއުޝަންތަކާ ގުޅިގެން މަސައްކަތް ކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަޖުރިބާގެ ލިޔުންތައް (އެޓެސްޓްކޮށްފައި) 
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

ހުށަހަޅަންވީ ތަން:

 ހ. އާގަދަގޭގެ ދެވަނަ ފަންގިފިލާ، ބޮޑުތަކުރުފާނު މަގު، މާލެ، ދިވެހިރާއްޖެ.

ސުންގަޑި:

2015 ނޮވެންބަރު 26 ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން. (އޮފީސް ހުޅުވިފައި ހުންނާނީ، ބަންދު ނޫން ކޮންމެ ދުވަހު 08:00 އިން 15:00 އަށެވެ.)

އިތުރު މަޢުލޫމާތު:

  • އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3016630 ނަންބަރު ފޯނަށެވެ.

7 ޞަފަރު 1437

19 ނޮވެންބަރު 2015
ހޯދާ