ފެލިދެއަތޮޅު ފެލިދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ޢިމާރާތްކުރާ ބިމުގެ ބިން ސާފުކުރުމާއި، ވަށާފާރު ރޭނުން

ފެލިދޫ މެޖިސްޓްރޭޓްކޯޓް ޢިމާރާތްކުރާ ބިމުގެ ބިން ސާފުކުރުމާއި، ވަށާފާރު ރޭނުން.

މި ކޯޓުގެ އައު ޢިމާރާތެއް އެޅުމަށްޓަކައި މި ރަށުން ދޫކޮށްފައިވާ ބިން ސާފުކުރުމާއި، އެ ބިމުގެ ވަށާފާރު ރޭނުމުގެ މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 24 ނޮވެންބަރު 2015 ވާ ބުދަ ދުވަހުގެ 11:00 އަށް މި ކޯޓަށް ނުވަތަ އަތޮޅުގެ މެޖިސްޓްރޭޓް ކޯޓުތަކަށް ނުވަތަ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، 30 ނޮވެންބަރު 2015 ވާ އަންގާރަ ދުވަހުގެ 14:00 އަށް އަންދާސީހިސާބާއެކު މަޢުލޫމާތު ސާފުކުރެއްވި ތަނަކަށް ހާޒިރުވުން އެދެމެވެ.

މަޢުލޫމާތު ސާފުކޮށްދިނުމުގެ ބައްދަލުވުމަށް އެގަޑިއަށް ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީހިސާބާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބާއި، އަންދާސީހިސާބު ހުށަހަޅަންޖެހޭ ބައްދަލުވުމަށް އެގަޑިއަށް ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީހިސާބާއި ބަލައިނުގަންނާނޭވާހަކަ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

އެއްފަރާތުން 1 އަންދާސީހިސާބަށްވުރެ ގިނަ އަންދާސީހިސާބު ހުށަނޭޅޭނެ ވާހަކަ ދެންނެވީމެވެ.

ކުންފުނިތަކުގެ ފަރާތުން ބަދަލުގައި މީހަކު ފޮނުވާނަމަ އެ ކުންފުނީގެ ލިޔުމަކާއެކު ފޮނުވުން އެދެމެވެ.

މިކަމަށް އެދި ހުށަހަޅާ އަންދާސީހިސާބުތަކުގައި ހިމަނަންޖެހޭ މައިގަނޑު މަޢުލޫމާތު މި މަސައްކަތުގެ މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ.

7 ޞަފަރު 1437

19 ނޮވެންބަރު 2015
ހޯދާ