ހިތަދޫ ސްކޫލް، ސ. ހިތަދޫ
ދިވެހިރާއްޖެ
ބައެއް ތަންތަން މަރާމާތުކުރުމާ ގުޅޭ

 އަންދާސީހިސާބު ބޭނުންވެއްޖެ

މި ސްކޫލުގައި ތިރީގައި މިދަންނަވާ ތަންތަން މަރާމާތުކުރުމަށް ބޭނުންވެއެވެ.

1- ކުޑަދޮރުތަކުގައި ބިއްލޫރި ލެއްވުން.

2- 2 ގޭޓް މަރާމާތުކޮށް އަދި ގޭޓާ ގުޅިފައިވާ ފެންސް މަރާމާތުކުރުން.

އަންދާސީހިސާބު ހުށަހަޅަންވާނީ ކޮންމެ އައިޓަމަކަށް ވަކިވަކީންނެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 25 ނޮވެންބަރު 2015ވާ ބުދަދުވަހުގެ 13:00ގައި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 30 ނޮވެންބަރު 2015ވާ ހޯމަ ދުވަހުގެ 13:00 ގައި އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މިފުރުޞަތުގައި ދަންނަވަމެވެ.

19 ނޮވެންބަރު 2015
ހޯދާ