ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އެއަރކޯން އިންސްޓޯލް ކުރުމާއި އާފްޓަރ ސޭލްސް ސަރވިސް ކޮށްދިނުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން

އެސްޓީއޯގެ ހޯރަފުށި ފިހާރައިން ކަސްޓަމަރުންނަށް ވިއްކާ އެއަރކޯން އިންސްޓޯލް ކުރުމާއި އާފްޓަރ ސޭލްސް ސަރވިސް ކޮށްދިނުމުގެމަސައްކަތްކޮށްދޭނެފަރާތެއްހޯދަން ބޭނުންވެއްޖެ.

އެސްޓީއޯގެ ހޯރަފުށި ފިހާރައިން ކަސްޓަމަރުންނަށް ވިއްކާ އެއަރކޯން އިންސްޓޯލް ކުރުމާއި އާފްޓަރ ސޭލްސް ސަރވިސް ކޮށްދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ. ވީމާ، މިބާވަތުގެ މަސައްކަތްކުރުމުގެ ފަންނީ އަދި ޢަމަލީ ތަޖުރިބާ ހުރި ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.

މަސައްކަތް:            އެސްޓީއޯގެ ހޯރަފުށި ފިހާރައިން ކަސްޓަމަރުންނަށް ވިއްކާ އެއަރކޯން އިންސްޓޯލް ކުރުމާއި އާފްޓަރ ސޭލްސް ސަރވިސް ކޮށްދިނުމުގެ މަސައްކަތް

މަސައްކަތުގެ ވެރިފަރާތް:    ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ

ރަޖިސްޓަރީ ކުރުން:       ރަޖިސްޓަރީ ކުރައްވަން ބޭނުންފުޅުވެލައްވާ ބޭފުޅުން 2015 ނޮވެންބަރު 22 ވަނަ ދުވަހުގެ 10:00 ގެ ކުރިން އެސްޓީއޯ ހޯރަފުށި ފިހާރައަށް ދުރުވެ ރަޖިސްޓަރީ ކުރަންވާނެއެވެ.

ބީލަންކަރުދާސް ދޫކުރުން:    ރަޖިސްޓަރީ ކުރަައްވާފައިވާ އެންމެހައި ފަރާތްތަކަށް ބީލަންކަރުދާސް ދޫކުރާނީ 2015 ނޮވެންބަރު 22 ވަނަ ދުވަހު އީމެއިލުންނެވެ.

މަޢުލޫމާތު ދިނުން:        ރަޖިސްޓަރީ ކުރައްވައިފައިވާ އެންމެހައި ފަރާތްތަކަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ނޮވެންބަރު 23 ވަނަ ދުވަހުގެ 15:30 ގައި އެސްޓީއޯ ހޯރަފުށި ފިހާރައިގައި އޮންނާނެއެވެ.

ސުވާލާއި ޖަވާބު:         ރަޖިސްޓަރީ ކުރެއްވުމަށްފަހު ހުށަހަޅުއްވަން ބޭނުންފުޅުވެލައްވާ ސުވާލުތައް 2015 ނޮވެންބަރު 26 ވާ ދުވަހުގެ 15:00 ޖެހުމުގެ ކުރިން އީ-މެއިލްގެ ޒަރީޢާއިން ފޮނުވަންވާނެއެވެ. އަދި ރަޖިސްޓަރީ ކުރައްވައިފައިވާ ފަރާތްތަކަށްް 2015 ނޮވެންބަރު 30 ވަނަ ދުވަހުގެ ކުރިން ޖަވާބުދާރީ ވެވޭނެއެވެ.

ބީލަންކަރުދާސް:          ބީލަންކަރުދާސް ހުޅުވުން އޮންނާނީ 2015 ޑިސެންބަރު 06 ވަނަ ދުވަހުގެ 14:30 ގައި އެސްޓީއޯ ހޯރަފުށި ފިހާރައިގައެވެ.

މަޢުުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑި ޖެހިގެން ހާޒިރުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ:

ފޯން:   3012224 , 3344180

ފެކްސް:  3344633

އީމެއިލް: [email protected]

16 ނޮވެންބަރު 2015
ހޯދާ