މަދަރުސަތުއްޝައިޚް އިބްރާހީމް، ހއ. ކެލާ
ދިވެހިރާއްޖެ
މަލްޓިޕާޕޯސް ހޯލް އަދި 1 ކްލާސް ޢިމާރާތްކުރާނެ ފަރާތެއް ހޯދުމަށް

ހއ.ކެލާ މަދްރަސަތުއްޝައިޚު އިބްރާހީމުގެ މަލްޓިޕާޕޯސް ހޯލް އަދި 1 ކްލާސް ޢިމާރާތްކުރާނެ ފަރާތެއް ހޯދުމަށް ކުރެވޭ ތިންވަނަ އިޢުލާން

މިމަދަރުސާގެ އިޢުލާން ނަންބަރު GS78/IUlAAN/2015/13 ގެ ދަށުން މިމަސައްކަތަށް އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަނާޅައިވާތީ އެއިޢުލާން ބާޠިލުކޮށް، އަލުން އިޢުލާންކުރަމެވެ.

ހއ.ކެލާ މަދްރަސަތުއްޝައިޚު އިބްރާހީމުގެ މަލްޓިޕާޕޯސް ހޯލް އަދި 1 ކްލާސް އަމިއްލަ ތަކެތީގައި ޢިމާރާތްކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިމަދަރުސާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

22 ނޮވެންބަރު 2015 ވާ އާދީއްތަ ދުވަހުގެ 13:00

30 ނޮވެންބަރު 2015 ވާ ހޯމަ ދުވަހުގެ 13:00

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6500097 ނަންބަރު ފޯނާއެވެ.

28 މުޙައްރަމް 1437

10 ނޮވެންބަރު 2015
ހޯދާ