ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އޭބީ

އިޢުލާން

މިކުންފުނީގެ، ތިރީގައިމިވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއެވެ.

މަޤާމް: އޭބީ

ބޭނުންވާ އަދަދު: 1 (އެކެއް)

ކޮންޓްރެކްޓް މުއްދަތު: 9 (ނުވައެއް) މަސްދުވަސް

އަސާސީ މުސާރަ: 6425.00 ރުފިޔާ

މަސައްކަތް ކުރަންޖެހޭތަން: އެމް. ޓީ. އަލިހުރަސް

އެހެނިހެން ޢިނާޔަތްތައް:

- ފިކްސްޑް އޯވަރޓައިމް އެލަވަންސް: 3212.50 ރުފިޔާ

- ޓޭންކަރ އެލަވަންސް: 963.75 ރުފިޔާ

 ލީވް ވޭޖަސް: 6425.00 ރުފިޔާ (ކޮންޓްރެކްޓް ފުރިހަމަކުރުމުން)

- ޕެންޝަން: ވަޒީފާއާބެހޭ ޤާނޫނުގައި ކަނޑައެޅިފައިވާ އުސޫލުން ހަމަޖައްސައިދެވޭނެއެވެ.

މަޤާމުގެ މަސްއޫލިއްޔަތު:

- އާގުބޯޓްފަހަރުގެ ޑެކް ޑިޕާޓްމަންޓުގައި މަސައްކަތްކުރުން.

- ދުވަހުން ދުވަހަށް ކުރަންޖެހޭ މެއިންޓެނެންސް މަސައްކަތްތައް ކުރުން.

ތަޢުލީމާއި ތަޖުރިބާ:

- އެ ޑްވާންސް އޮއިލް ޓޭންކަރ ސެޓްފިކެޓް / ސީއޯސީ / ކޮންޓިނިއުއަސް ޑިސްޗާރޖް ސެޓްފިކެޓް / ޕަރސަނަލް ސޭފްޓީ އެންޑް ސޯޝަލް ރެސްޕޮންސިބިލިޓީޒް / އެލިމެންޓްރީ ފަސްޓް އެއިޑް ސެޓްފިކެޓް / ފަޔަރ ޕްރިވެންޝަން އެންޑް ފަޔަރ ފައިޓިންގ ސެޓްފިކެޓް / ޕާރސަނަލް ސަރވައިވަލް ޓެކްނީކްސް ފުރިހަމަކޮށްފައިވުން.

- މަސައްކަތާ ގުޅޭ ދާއިރާއަކުން ތަޢުލީމް ހާސިލުކޮށްފައިވުމާއި، މަދުވެގެން ދެއަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

- ޞިއްޙަތު ރަނގަޅު، ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މީހަކުކަމުގައިވުން.

ސުންގަޑި:

- މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2015 ނޮވެމްބަރު 19 ވާ ބުރާސްފަތި ދުވަހުގެ 12:30 ގެ ކުރިން، އެސް. ޓީ. އޯ. ގެ ވަޒީފާއަށް އެދޭ ފޯމާއެކު، ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުން އެދެމެވެ.

- އެޕްލިކޭޝަން ފޯމު، މި ކުންފުނީގެ ހެޑް އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި އެސް. ޓީ. އޯ. ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.

ނޯޓް:

  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓްފިކެޓް ހުށަހަޅާފައިވާނަމަ، އިންޓަވިއުއަށް ހާޒިރުވާންވާނީ، ސެޓްފިކެޓްތަކުގެ އަސްލާ އެކުގައެވެ.)
  • މި މަޤާމަށް މުވައްޒަފަކު ހޮވާނީ، ތަޢުލީމީ ސެޓްފިކެޓްތަކާއި، މަސައްކަތުގެ ތަޖުރިބާއާއި، އިންޓަވިއުއަށް ބަލައިގެން، އެންމެ މަތިން މާކްސްލިބޭ ފަރާތެކެވެ.
  • އިންޓަވިއުއަށް ކިޔޭނީ، ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
  • ވަޒީފާ ހަމަޖެއްސުމުގައި، ޕޮލިސް ރިޕޯޓް/މެޑިކަލް ރިޕޯޓް/ ކުށުގެ ރިކޯޑަށް ބަލާނެއެވެ.

އެޑްރެސް:

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ ހެޑް އޮފީސް

ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345

ފޯން: 3344272 ފެކްސް: 3344341 ވެބްސައިޓް: www.stomaldives.mv 

28 މުޙައްރަމް 1437

10 ނޮވެންބަރު 2015
ހޯދާ