މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

އުތުރު  ސަރަހައްދުގެ  ކުނި  މެނޭޖްކުރާ  މަރުކަޒަށް  ބޭނުންވާ  މުވައްޒަފުން  ހޯދުމަށްޓަކައި  ކުރެވުނު IUL) 438/438/2015/293) ނަންބަރުގެ އިޢުލާނަށާއި، IUL) 438/438/2015/294) ނަންބަރުގެ އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، ތިރީގައިވާ މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވައިލަމެވެ.

މަޤާމު:

ޕްލާންޓް މެނޭޖަރ

ބޭނުންވާ އަދަދު:

1 (އެކެއް)

ވަޒީފާ އަދާ ކުރަންޖެހޭ ތަން:

އުތުރު ސަރަހައްދުގެ ކުނި މެނޭޖްކުރާ މަރުކަޒު (ރ. ވަންދޫ)

އަސާސީ މުސާރަ:

-/8،500 ރުފިޔާއާއި -/10،000 ރުފިޔާއާ ދެމެދު (ހާސިލުކޮށްފައިވާ ތަޢުލީމާއި، މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް)

ސަރވިސް އެލަވަންސް:

މުސާރައިގެ 20%

ޓެކްނިކަލް އެލަވަންސް:

މުސާރައިގެ 30%

ރިސްކް އެލަވަންސް:

މުސާރައިގެ 15%

އަދާކުރަންޖެހޭ މަސްއޫލިއްޔަތު:

ކުނި މެނޭޖްކުރުމަށް ބޭނުންކުރާ އިންސިނަރޭޓަރއާއި އެންމެހައި އިކްވިޕްމަންޓްތައް އެންމެ ފުރިހަމަގޮތުގައި ބޭނުންކުރެވޭނެ/ ބެލެހެއްޓޭނެ އިންތިޒާމް ރާވައި ހިންގުމާއި، ފަންނީ މުވައްޒަފުން ތަމްރީނުކުރުން.

ފެންވަރު ނުވަތަ ޝަރުޠު:

(ހ) މެކޭނިކަލް/ އިލެކްޓްރިކަލް އިންޖިނިއަރިންގ ނުވަތަ ގުޅުންހުރި ދާއިރާއަކުން ދަށްވެގެން ޑިޕްލޮމާއެއް ހާސިލުކޮށްފައިވުން؛

(ށ) މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 5  އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން؛

(ނ) ޓީމް ލީޑަރެއްގެގޮތުގައި މަސައްކަތްކުރުމުގެ ތަޖުރިބާ ލިބިފައިވުން.

(ރ) އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރުމުގެ ތަޖުރިބާ ލިބިފައިވުން؛

(ބ) އިނގިރޭސިބަހާއި ދިވެހިބަހުން ފަރިތަކޮށް މުޢާމަލާތްކުރަން އެނގުމާއި، ޓީމެއް ގޮވައިގެން މަސައްކަތްކުރުމުގެ ޤާބިލުކަން ލިބިފައިވުން.

(ޅ) މަޤާމުގެ މަސައްކަތުގެ މަސްއޫލިއްޔަތު އަދާކުރެވޭފަދަ ޞިއްޙަތެއްގައިހުރި މީހަކުކަމުގައިވުން.

މަޤާމު:

ޕްލާންޓް (އިންސިނެރޭޓަރ) އޮޕަރޭޓަރ

ބޭނުންވާ އަދަދު:

1 (އެކެއް)

ވަޒީފާ އަދާ ކުރަންޖެހޭ ތަން:

އުތުރު ސަރަހައްދުގެ ކުނި މެނޭޖްކުރާ މަރުކަޒު (ރ. ވަންދޫ)

އަސާސީ މުސާރަ:

-/6،500 ރުފިޔާއާއި -/8،000 ރުފިޔާއާ ދެމެދު (ހާސިލުކޮށްފައިވާ ތަޢުލީމާއި، މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް)

ސަރވިސް އެލަވަންސް:

މުސާރައިގެ 20%

ޓެކްނިކަލް އެލަވަންސް:

މުސާރައިގެ 30%

ރިސްކް އެލަވަންސް:

މުސާރައިގެ 15%

މަޤާމުގެ މައިގަނޑު މަސައްކަތް:

އޮޕަރޭޝަން މެނުއަލްއާއި ތިމާވެއްޓާބެހޭ ޤާނޫނު/ޤަވާޢިދުތަކާއި އެއްގޮތަށް ރައްކާތެރިކަމާއެކު އިންސިނެރޭޓަރ ހިންގައި ބެލެހެއްޓުން.

ފެންވަރު ނުވަތަ ޝަރުޠު:

(ހ) މެކޭނިކަލް/ އިލެކްޓްރިކަލް އިންޖިނިއަރިންގ ނުވަތަ ގުޅުންހުރި ދާއިރާއަކުން ދަށްވެގެން ޑިޕްލޮމާއެއް ހާސިލުކޮށްފައިވުން ނުވަތަ،

(ށ) އިންޖީނުގެ ނުވަތަ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 5  އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން؛

(ނ) ޓީމެއްގައި މަސައްކަތްކުރުމުގެ ތަޖުރިބާ ލިބިފައިވުން.

(ރ) އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރުމުގެ ތަޖުރިބާ ލިބިފައިވުން؛

(ބ) މަސައްކަތުގެ މާޙައުލުގައި އުޅޭއިރު، އުނދަގޫ ޙާލަތްތަކުގައި ދިމާވާ ކަންތައްތައް، ވިސްނުންތޫނުކަމާއެކު ޙައްލުކުރަން އެގުން؛

(ޅ) އިނގިރޭސިބަހާއި ދިވެހިބަހުން ފަރިތަކޮށް މުޢާމަލާތްކުރަން އެނގުން؛

(ކ) މަޤާމުގެ މަސައްކަތުގެ މަސްއޫލިއްޔަތު އަދާކުރެވޭފަދަ ޞިއްޙަތެއްގައިހުރި މީހަކުކަމުގައިވުން.

މަޤާމު:

ހެވީ ވެހިކަލް އޮޕަރޭޓަރ

ބޭނުންވާ އަދަދު:

2 (ދޭއް)

ވަޒީފާ އަދާ ކުރަންޖެހޭ ތަން:

އުތުރު ސަރަހައްދުގެ ކުނި މެނޭޖްކުރާ މަރުކަޒު (ރ. ވަންދޫ)

އަސާސީ މުސާރަ:

-/6،500 ރުފިޔާއާއި -/8،000 ރުފިޔާއާ ދެމެދު (ހާސިލުކޮށްފައިވާ ތަޢުލީމާއި، މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް)

ސަރވިސް އެލަވަންސް:

މުސާރައިގެ 20%

ރިސްކް އެލަވަންސް:

މުސާރައިގެ 15%

މަޤާމުގެ މައިގަނޑު މަސައްކަތް:

ފޯރކްލިފްޓް، ވީލްލޯޑަރސް، ޓެލެހެންޑްލާރސް، ސްކިޑް ސްޓިއާރ ލޯރޑަރސް އާއި، ސައިޓުގައިވާ އެހެނިހެން ހެވީ އިކްވިޕްމަންޓް އޮޕަރޭޓްކުރުމާއި ބެލެހެއްޓުން؛

ފެންވަރު ނުވަތަ ޝަރުޠު:

(ހ) ފޯރކް ލިފްޓް، ވީލް ލޯޑަރސް، ޓެލެހެންޑަލާރސް، ސްކިޑް ސްޓިއާރ ލޯރޑަރސްފަދަ ހެވީ އިކްޕްމަންޓް ދުއްވުން/ އޮޕަރޭޓްކުރުމުގެ ލައިސަންސް ލިބިފައިވުން؛

(ށ) މިފަދަ ތަކެތި ދުއްވުމުގެ/ އޮޕަރޭޓްކުރުމުގެ ތަޖުރިބާ ލިބިފައިވުން؛

(ނ) އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރުމުގެ ތަޖުރިބާ ލިބިފައިވުމާއި، މަޝްރޫޢުގެ އަމާޒުތައް ހާސިލުކުރެވޭ ފަރާތަކަށްވުން؛

(ރ) މަޤާމުގެ މަސައްކަތުގެ މަސްއޫލިއްޔަތު އަދާކުރެވޭފަދަ ޞިއްޙަތެއްގައިހުރި މީހަކުކަމުގައިވުން.

މަޤާމު:

އިލެކްޓްރިޝަން

ބޭނުންވާ އަދަދު:

1 (އެކެއް)

ވަޒީފާ އަދާ ކުރަންޖެހޭ ތަން:

އުތުރު ސަރަހައްދުގެ ކުނި މެނޭޖްކުރާ މަރުކަޒު  (ރ. ވަންދޫ)

އަސާސީ މުސާރަ:

-/4،500 ރުފިޔާއާއި -/6،000 ރުފިޔާއާ ދެމެދު (ހާސިލުކޮށްފައިވާ ތަޢުލީމާއި، މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް)

ސަރވިސް އެލަވަންސް:

މުސާރައިގެ 20%

ޓެކްނިކަލް އެލަވަންސް:

މުސާރައިގެ 30%

ރިސްކް އެލަވަންސް:

މުސާރައިގެ 15%

މަޤާމުގެ މައިގަނޑު މަސައްކަތް:

  • ކަރަންޓް ވަޔަރުކުރުމާއި، ކަރަންޓާ ގުޅޭ މަސައްކަތް ކުރުން؛
  • ސައިޓުގައި ހުންނަ މެޝިނެރީސްއާއި އިކްޕްމަންޓްތަކުގެ މެއިންޓަނަންސް މަސައްކަތްކުރުމާއި ބެލެހެއްޓުން؛
  • ސައިޓްގައި ހުންނަ މެޝިނެރީސްއާއި އިކްޕްމަންޓްތަކަށް ބޭނުންވާ ސްޕެއަރޕާރޓްސް ހޯދައި ބެލެހެއްޓުން.

ފެންވަރު ނުވަތަ ޝަރުޠު:

(ހ) މެކޭނިކަލް/ އިލެކްޓްރިކަލް އިންޖިނިއަރިންގ ނުވަތަ ގުޅުންހުރި ދާއިރާއަކުން ސަނަދު ހާސިލުކޮށްފައިވުން؛

(ށ) އިލެކްޓްރިޝަނެއްގެގޮތުގައި ނުވަތަ މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 03  އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން؛

(ނ) އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރުމުގެ ތަޖުރިބާ ލިބިފައިވުން؛

(ރ) އިނގިރޭސިބަހާއި ދިވެހިބަހުން މުޢާމަލާތްކުރަން އެނގުން.

(ބ) މަޤާމުގެ މަސައްކަތުގެ މަސްއޫލިއްޔަތު އަދާކުރެވޭފަދަ ޞިއްޙަތެއްގައިހުރި މީހަކުކަމުގައިވުން.

މަޤާމު:

ކުނިއުފުލާ އުޅަނދުގެ ފަޅުވެރިން

ބޭނުންވާ އަދަދު:

4 (ހަތަރެއް)

ވަޒީފާ އަދާ ކުރަންޖެހޭ ތަން:

އުތުރު ސަރަހައްދުގެ ކުނި މެނޭޖްކުރާ މަރުކަޒު (ރ. ވަންދޫ)

އަސާސީ މުސާރަ:

-/5،000 ރުފިޔާއާއި -/6،500 ރުފިޔާއާ ދެމެދު (ހާސިލުކޮށްފައިވާ ތަޢުލީމާއި، މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް)

ސަރވިސް އެލަވަންސް:

މުސާރައިގެ 20%

ރިސްކް އެލަވަންސް:

މުސާރައިގެ 15%

މަޤާމުގެ މައިގަނޑު މަސައްކަތް:

  • އުޅަނދު އޮޕަރޭޓްކުރުމަށް ކެޕްޓަނަށް އެހީތެރިކަން ފޯރުކޮށްދިނުން؛
  • އުޅަނދު ސާފުކޮށް ބެލެހެއްޓުން.
  • އުޅަނދަށް ކުނި އަރުވައި، ބޭލުމުގެ މަސައްކަތް ކުރުން؛

ފެންވަރު ނުވަތަ ޝަރުޠު:

(ހ) މިފަދަ ނުވަތަ މި ސައިޒުތަކުގެ ކަނޑު އުޅަނދުފަހަރުގައި ފަޅުވެރިއެއްގެގޮތުގައި މަސައްކަތްކުރުމުގެ ތަޖުރިބާ ލިބިފައިވުން؛

(ށ) ފަތަން އެނގޭ މީހަކަށްވުން؛

(ނ) މަޤާމުގެ މަސައްކަތުގެ މަސްއޫލިއްޔަތު އަދާކުރެވޭފަދަ ޞިއްޙަތެއްގައިހުރި މީހަކުކަމުގައިވުން؛

މަޤާމު:

ސަޕޯޓް ސްޓާފް

ބޭނުންވާ އަދަދު:

4 (ހަތަރެއް)

ވަޒީފާ އަދާ ކުރަންޖެހޭ ތަން:

އުތުރު ސަރަހައްދުގެ ކުނި މެނޭޖްކުރާ މަރުކަޒު (ރ. ވަންދޫ)

އަސާސީ މުސާރަ:

-/3،000 ރުފިޔާއާއި -/4،500 ރުފިޔާއާ ދެމެދު (ހާސިލުކޮށްފައިވާ ތަޢުލީމާއި، މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް)

ސަރވިސް އެލަވަންސް:

މުސާރައިގެ 20%

ރިސްކް އެލަވަންސް:

މުސާރައިގެ 15%

މަޤާމުގެ މައިގަނޑު މަސައްކަތް:

  • ވަންދޫއަށް ގެނެވޭ ކުނި ޗެކްކޮށް ވަކިކުރުން.
  • މަސައްކަތްކުރާ ސަރަހައްދުތައް ސާފުކޮށް ބެލެހެއްޓުން.

ފެންވަރު ނުވަތަ ޝަރުޠު:

(ހ) މަޤާމުގެ މަސައްކަތުގެ މަސްއޫލިއްޔަތު އަދާކުރެވޭފަދަ ޞިއްޙަތެއްގައިހުރި އުމުރުން 20 އަހަރާއި 45 އަހަރާ ދެމެދުގެ މީހަކުކަމުގައިވުން.

އިތުރު އިނާޔަތްތައް:

ކަނޑައެޅިފައިވާ އުސޫލުގެމަތިން ކެއުމާއި ހުރުން ރ. ވަންދޫން ހަމަޖައްސައިދެވޭނެއެވެ. އަދި ރ. އިންނަމާދޫއާއި ރ. ރަސްމާދޫގައި ދިރިއުޅޭ ފަރާތްތަކަށް، ކޮންމެ ދުވަހަކު ދަތުރުފަތުރު ހަމަޖައްސައިދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. މަޤާމަށް އެދި ހުށަހަޅާ ސިޓީ
  2. ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާ / ލިބިފައިވާ ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

މަޤާމަށް އެންމެ ޤާބިލު ފަރާތެއް ހޯދުމަށް ބެލޭނެ ކަންތައްތައް:

  1. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަމްރީނާއި ތަޖުރިބާ.
  2. އިންޓަވިއު.
  3. މަސައްކަތަށް ޝައުޤުވެރިކަންހުރި މިންވަރު.

އިތުރު މަޢުލޫމާތު:

  • މި މަޤާމުތަކަށް ހޮވޭ ފަރާތްތަކަށް ބޭނުންވާ ތަމްރީނުތައް ދެވޭނެއެވެ. އަދި،
  • ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަނުގެ ދާއިމީ މުވައްޒަފުންގެގޮތުގައި ހަމަޖެއްސޭނެއެވެ.
  • އިންޓަވިއުކުރެވޭނީ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއެވެ.  
  • މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި މިނިސްޓްރީގެ 3018415 ނަންބަރު ފޯނަށް ނުވަތަ 3018419 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. 

ސުންގަޑިއާއި، ލިޔުން ހުށަހަޅަންޖެހޭ އިދާރާ:

2015 ނޮވެންބަރު 23 ހޯމަ ދުވަހު 14:00 ގެ ކުރިން، މިނިސްޓްރީ އޮފް އެންވަޔަރުމަންޓް އެންޑް އެނަރޖީ (ގްރީން ބިލްޑިންގ) އަށް ނުވަތަ، މިނިސްޓްރީގެ އީމެއިލް އެޑްރެސް [email protected] އަށް.

30 މުޙައްރަމް 1437

12 ނޮވެންބަރު 2015
ހޯދާ