ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

ތިރީގައިމިވާ މަޤާމްތަކަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

މަޤާމު: މަސައްކަތު

ބޭނުންވާ އަދަދު: 1 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 1

މަޤާމުގެ ރޭންކް:އެސް. އެސް. 1

މުސާރަ: -/3100 ރުފިރާ

ސަރވިސް އެލެވަންސް: -/1000 ރުފިޔާ

އިތުރުގަޑި: އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ވަޒީފާއަދާ ކުރަންޖެހޭ ތަން: ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން، މާލެ

އަސާސީ ޝަރުޠު

ލިޔަން ކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު /ޤާބިލްކަން ލިބިފައިވުން.

ވަޒީފާގެ މައިގަނޑު މަސްއޫލިއްޔަތުތައް:

1- ސްކޫލުގެ އިމާރާތްތައް ކުނިކަހައި ސާފުކުރުން.

2- ސްކޫލުގެ ގޯތިތެރެއާއި، ސްކޫލް ހިމެނޭ ހިސާބުގެ މަގުމަތި ކުނިކަހައި ސާފުކުރުން.

3- ސްކޫލުގެ ފާޚާނާތައް ސާފުތާހިރުކޮށް ބެލެހެއްޓުން.

4- ސްކޫލުގައި ބޭއްވޭ ޙަފުލާތަކަށް ގޮނޑިޖަހައި ތައްޔާރުކުރުން.

5- ކުލާސްރޫމުތަކުގެ ޑެސްކުތައް ރާވައި ތަރުތީބުކުރުން.

6- ސްކޫލުން ހިންގާ އިމްތިޙާންތަކަށް ގޮނޑިމޭޒު ޖެހުން.

7-  ދަރިވަރުންނާ ގުޅުންހުރި ކަންކަމުގައި ސްކޫލުން އަންގާގޮތެއްގެމަތިން ކަންތައްތައް ކުރުން.

މަޤާމު: އެސިސްޓެންޓް ފޯމަން

ބޭނުންވާ އަދަދު: 1 (އެކެއް)

މަޤާމުގެ ރޭންކް: އެސް. އެސް. 2

ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 2

މުސާރަ: -/3470 ރުފިޔާ

ސަރވިސް އެލެވެންސް: -/1000

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް: ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން، މާލެ

އަސާސީ ޝަރުޠު

  1. މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. މަޤާމަށް ބޭނުންވާ ތަމްރީނެއް/ލައިސަންސެއް/ހުއްދައެއް/ސަނަދެއް ހާސިލުކޮށްފައިވުން.

ވަޒީފާގެ މައިގަނޑު މަސްއޫލިއްޔަތުތައް:

1. ސްކޫލުގެ ތަޅުދަނޑި، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ނެގުމާއި އެޅުވުން.

2. މަސައްކަތު މުވައްޒަފުންގެ މަސައްކަތްތައް ބެލުން.

3. މަސައްކަތު މުވައްޒަފުންގެ މަސައްކަތް ކުރުމަށް ބޭނުންވާނޭ ސާމާނު، ސްކޫލުގެ ބަޖެޓް އޮފީހާ ގުޅިގެން ހޯދުން.

4. މަސައްކަތު މުވައްޒަފުންގެ ޑިއުޓީ ހަދައި، ގަވާއިދުން ޑިއުޓީއަށް ނިކުމޭތޯ ބެލުން.

5. މަސައްކަތު މުވައްޒަފަކު ޗުއްޓީއެއް ނަގައިފިނަމަ ނުވަތަ ހާޒިރުނުވާ ދުވަހެއްގައި، އޭނާއާ ސާފުކުރުމަށް ހަވާލުކުރެވިފައިވާ ތަންތަން، އެހެން މުވައްޒަފަކާ ހަވާލުކޮށްގެން ސާފުކުރުވުން.

6. ސްކޫލަށް ހޯދަންޖެހޭ ތަކެތީގެ އަގުބަލަން ދިއުން.

7. ސްކޫލުން ހަވާލުކުރެވޭ ތަކެތި ތަންތަނަށް ގެންދިޔުމާއި، ތަންތަނުން ތަކެތި ގެނައުން.

8. ހަވާލުކުރެވިފައިވާ މަސައްކަތުގެ އިތުރުން، ސްކޫލުގެ ރަސްމީ މަސައްކަތާ ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި މަސައްކަތްތައް ކުރުން.

ވަޒީފާއަށް  އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ހާސިލްކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  • ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށް.

އިންޓަވިއުކުރުނ:ް

  • މި މަޤާމުތަކަށް މީހަކު ހޮވުމަށް އިންޓަވިއުކުރުން އޮންނާނީ، 29 ނޮވެންބަރު 2015 އާއި 2 ޑިސެންބަރު 2015 އާ ދެމެދުގެ ތާރީޚެއްގައެވެ.
  • މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރަށާއި، ތަޖުރިބާއަށާއި، މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީން ކަނޑައަޅާ ކްރައިޓީރިޔާއެއްގެދަށުން، ޝޯޓްލިސްޓް ކުރެވޭނެއެވެ. އިންޓަވިއު ކުރެވޭނީ، ޝޯޓްލިސްޓް ކުރާއިރު ހޮވޭ ފަރާތްތަކާއެވެ.

ހުށަހަޅަންޖެހޭ ތަކެތި:

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު، މިސެންޓަރުގެ ކައުންޓަރުން، ބަންދު ނޫން ކޮންމެ ދުވަހަކު 9.30 ން 14.00 އަށް ލިބެން ހުންނާނެއެވެ. އަދި މި ސެންޓަރުގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)
  2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އެޓެސްޓެޑް ކޮޕީ.
  3. އެކްރިޑެޓް ކުރެވިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.
  4. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު /ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
  5. ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ތައްގަނޑުޖަހާފައިވާ)
  6. ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ދޫކުރުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ތައްގަނޑު ޖެހިލިޔުމެއް ލިޔުމަކާއި، އުޅެފައިވާ މަޤާމާއި، ރޭންކާއި، މުއްދަތު އެނގޭނޭ ލިޔުމެއް ހުށަހެޅުން.

ކުރިމަތިލުމުގެ މުއްދަތާއި ކުރިމަތިލާނެ ގޮތް:                                                                                                    

މި މަޤާމްތަކަށް ކުރިލަތިލާން އެދޭ ފަރާތްތަކުން، މަތީގައި މިވާ ލިޔުންތައް، 2015 ނޮވެންބަރު 25 ބުދަ ދުވަހުގެ މެންދުފަހު 14:00 ގެ ކުރިން މި ސެންޓަރަށް ހުށަހެޅުން އެދެމެވެ.

ނޯޓް:  

- މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތަކުގެ އިންޓަވިއުއާއި ޕްރެޒެންޓޭޝަނަށް ބެލުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީމާކްސް ލިބޭ އަދި އެންމެ ޤާބިލް ފަރާތަށް މި ވަޒީފާ ހަމަޖައްސައިދެވޭނޭއެވެ.

- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި ސްކޫލުގެ 3321330 ނަންބަރު ފޯނާ ގުޅުން އެދެމެވެ.

 4 ޞަފަރު 1437

                                16 ނޮވެމްބަރ  2015

16 ނޮވެންބަރު 2015
ހޯދާ