އެންޓި-ކޮރަޕްޝަން ކޮމިޝަން
ދިވެހިރާއްޖެ
މަސައްކަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި ކޮމިޝަނުގެ 123-A/IUL/2015/56 ނަންބަރުގެ އިޢުލާނާ ގުޅިގެން އެކަށީގެންވާ އަދަދަށް އެޕްލިކޭޝަން ފޯމް ހުށަހަޅާފައިވާ ނުވާތީ، އިޢުލާނުގެ ޝަރުޠު ބަދަލުކޮށް، އަލުން އިޢުލާނު ކުރަމެވެ. 

މަޤާމް

މަސައްކަތު (ގްރޭޑް 1)

ބޭނުންވާ އަދަދު

1 (އެކެއް)

މަސައްކަތް ކުރަންޖެހޭ ތަން

އެންޓި-ކޮރަޕްޝަން ކޮމިޝަން (އައްޑޫ ސިޓީ ބިޔުރޯ)

މުސާރައާއި ޢިނާޔަތްތައް

  1. މުސާރަ: -/4،000 ރުފިޔާ
  2. ސަރވިސް އެލަވަންސް: -/1،000 ރުފިޔާ

މަޤާމުގެ ޝަރުޠު

1. ލިޔަން ކިޔަން އެނގުން.

2. އުމުރުން 50 އަހަރު ވެފައި ނުވުން.

މަޤާމުގެ މަސްއޫލިއްޔަތު

އޮފީސް ފޮޅައި ސާފުކުރުމުގެ މަސައްކަތް ކުރުމާއި، އޮފީހުން އެކިފަރާތަތަކަށް ޙަވާލުކުރަންޖެހޭ ސިޓީއާއި، މެސެޖާއި، ޗިޓްފަދަތަކެތި އެފަރާތްތަކަށް ރައްދުކުރުން.

ހުށަހަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް.
  2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ.

ސުންގަޑި

2015 ނޮވެންބަރު 19 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން.

އިތުރު މަޢުލޫމާތު

  1. އެޕްލިކޭޝަން ފޯމް ހުށަހަޅަންޖެހޭނީ ހުރަވީ ބިލްޑިންގުގެ ދެވަނަ ފަންގިފިލާގައި ހުންނަ މި ކޮމިޝަނުގެ ކައުންޓަރަށް ނުވަތަ އައްޑޫ ސިޓީ ކައުންސިލަށެވެ.
  2. އެޕްލިކޭޝަން ފޯމު، އޮންލައިންކޮށް ނުވަތަ އީ-މެއިލް މެދުވެރިކޮށް ހުހަހެޅޭގޮތަށް ހަމަޖެހިފައެއް ނުވެއެވެ.
  3. އިންޓަރވިއުއަށް ކިޔާނީ، ހަމައެކަނި ޝޯޓްލިސްޓް ކުރެވިފައިވާ ކެންޑިޑޭޓުންނަށެވެ.
  4. އިންޓަވިއުއަށް ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކުގެ މަޢުލޫމާތު، ޝޯޓްލިސްޓްކޮށް ނިމުމުން، ކޮމިޝަނުގެ ވެބްސައިޓުގައި ޝާއިޢުކުރާނެއެވެ.
  5. ވަޒީފާއަށް އެދޭ ފޯމު މި ކޮމިޝަނުގެ ކައުންޓަރުންނާއި، މި ކޮމިޝަނުގެ www.acc.gov.mv ގެ ވެބްސައިޓުންނާއި، އައްޑޫ ސިޓީކައުންސިލުން ލިބެން ހުންނާނެއެވެ.
  6. މަޢުލޫމާތު ފުރިހަމަނުވެ ހުންނަ ފޯމާއި، ހުށަހަޅަންޖެހޭ ލިޔުންތައް ހަމަނުކޮށް ހުށަހަޅާ ފޯމުތައް ބަލައެއް ނުގަނެވޭނެއެވެ.
  7. ފޯމް ބަލައިގަތުމަށްފަހުގައިވެސް، ސައްޙަނޫން މަޢުލޫމާތެއް ހިމަނާފައިވާކަން ނުވަތަ ޝަރުޠު ހަމަނުވާކަމަށް ފާހަގަވެއްޖެނަމަ، އެ ފޯމެއް ބާޠިލްކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުމަށް:

ފޯނު ނަންބަރު: 3015213 / 3015200

ފެކްސް ނަންބަރު: 3317182

އީމެއިލް: [email protected]

16 ނޮވެންބަރު 2015
ހޯދާ