މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ޓެކްސްޓް ފޮތްތައް ނައްތާލުމާގުޅޭ

އަލަށް އެކުލަވާލެވުނު ޤަޢުމީ މަންހަޖު ތަންފީޒު ކުރަން ފެށުމާ ގުޅިގެން ކުރިން ސްކޫލްތަކުގައި ބޭނުންކުރަމުން އައިސްފައިވާ ޓެކްސްޓް ފޮތްތައް ނައްތާލުމަށް ކުރެވުނު މިމިނިސްޓްރީގެ ނަންބަރު IUL)22-PU/1/2015/366) އިޢުލާން ގެޒެޓްގައި ޝާއިޢުކޮށްފައިވަނީ މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވާ ދުވަހުކަމަށްވާތީ، އެއިޢުލާން ބާޠިލުކުރުމަށްފަހު އަލުން އިޢުލާން ކުރީމެވެ.

ވީމާ، މިފޮތްތައް ނައްތާލުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭގެ 08 ވަނަ ފަންގިފިލާ) ގެ ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް ޕްރޮޕޯޒަލް ހިއްޕަވައިގެން މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭގެ 08 ވަނަ ފަންގިފިލާ) ގެ ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެންދެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

ޕްރޮޕޯޒަލް ހުށަހެޅުމަށް

19 ނޮވެންބަރު 2015 (ބުރާސްފަތި) ދުވަހުގެ 10:00 އަށް

22 ނޮވެންބަރު 2015 (އާދީއްތަ) ދުވަހުގެ 10:00 އަށް

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341436/3341403 ނަންބަރު ފޯނާއެވެ.

30 މުޙައްރަމް 1437

12 ނޮވެންބަރު 2015
ހޯދާ