ފުވައްމުލަކު ދިގުވާޑު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޑަކުދިންގެ ޕާކުގެ ކުރިމަތީގައި ގާޑިޔަލެއް ބާއްވައިގެން ވިޔަފާރި ކުރުމުގެ ފުރުޞަތު ހުޅުވާލުން

ފުވައްމުލަކު ދިގުވާނޑު ކުޑަކުދިންގެ ޕާކުގެ ކުރިމަތީގައި ގާޑިޔަލެއް ބާއްވައިގެން ވިޔަފާރި ކުރުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލަމެވެ.

ވީމާ، މިކަމަށް ބޭނުންވާ ގާޑިޔާ މިކައުންސިލުން ހަވާލުކުރުމުން މި ސަރަޙައްދުގައި ގާޑިޔަލުގެ ވިޔަފާރިކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 19 ނޮވެންބަރު 2015 ވަނަ ދުވަހުގެ 10:30 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 24 ނޮވެންބަރު 2015 ދުވަހު މިއިދާރާއަށް ވަޑައިގެން 10:30 ގައި ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށާއި ގަޑިޖެހިގެން ވަޑައިގަންނަވާ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުޞަތު ލިބިވަޑައިނުގަންނަވާނެއެވެ.

4 ޞަފަރު 1437

16 ނޮވެންބަރު 2015
ހޯދާ