އެޓަރނީ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ވާރކިންގ ސްޓޭޝަން ހަދަން

މިއޮފީހަށް ވާރކިންގ ސްޓޭޝަން ހަދަން ބޭނުންވެއްޖެއެވެ.

މި އޮފީހުން ދޭ މަޢޫލުމާތާ އެއްގޮތަށް 10(ދިހަ) ވާރކިންގ ސްޓޭޝަން އަދި ވާރކިންގ ސްޓޭޝަނެއްގެ ޕާޓިޝަން ޖަހަން ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 19 ނޮވެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މި އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްްފަހު އަންދާސީހިސާބު ހުށަހެޅުއްވުމަށް 24 ނޮވެންބަރު 2015 ވާ އަންގާރަ ދުވަހުގެ 11:00 އަށް މި އޮފީހަށް ވަޑައިގެން ދެއްވުން އެދެމެވެ.

ނޯޓް: މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ހުށަހެޅުމަށް ފުރުޞަތު ނުދެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

30 މުޙައްރަމް 1437

12 ނޮވެންބަރު 2015
ހޯދާ