ކީރިތި ޤުރުއާނާބެހޭ މަރުކަޒު
ދިވެހިރާއްޖެ
2016 ވަނަ އަހަރު ފަށާ ކޯސްތަކާބެހޭ

އިޢުލާން

  ކީރިތި ޤުރްއާނާބެހޭ މަރްކަޒުން 2016 ވަނަ އަހަރު ތިރީގައި މިދަންނަވާ ކޯސްތައް ފެށުމަށް ވަނީ ހަމަޖެހިފައެވެ.

  • ޤާރީކޯސް ސެޓްފިކެޓް ލެވެލް 1
  • ޤާރީކޯސް ސެޓްފިކެޓް ލެވެލް 2
  • ޤާރީކޯސް ސެޓްފިކެޓް ލެވެލް 3
  • ޤާރީކޯސް ސެޓްފިކެޓް ލެވެލް 4
  • ޤުރްއާން މުދައްރިސް ޑިޕްލޮމާ ކޯސް ( 1 އަހަރު )
  • ޤުރްއާން މުދައްރިސް ޑިޕްލޮމާ ކޯސް ( 2 އަހަރު )

ޤާރީ ކޯސް ސެޓްފިކެޓް ލެވެލް 1

ޝަރުޠު:

1- ފަށާ ތަޢުލީމު ހާސިލުކޮށްފައިވުން ( ގްރޭޑް 7 ނިންމާފައިވުން ) ނުވަތަ

2- ކާތިބުކަމުގެ ސަނަދަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.   ނުވަތަ

3- ކީރިތި ޤުރްއާނާބެހޭ މަރްކަޒުންދޭ ޓެސްޓާއި އިންޓަވިއުއިން ފާސްވުން.

މުއްދަތު:       2   މަސް

ޤާރީ ކޯސް ސެޓްފިކެޓް ލެވަލް 2

ޝަރުޠު:       ޤާރީ ކޯސް ސެޓްފިކެޓް ލެވަލް 1 ހަދާފައިވުން.

މުއްދަތު:       4   މަސް

ޤާރީ ކޯސް ސެޓްފިކެޓް ލެވަލް 3

ޝަރުޠު:       ޤާރީ ކޯސް ސެޓްފިކެޓް ލެވަލް 2 ހަދާފައިވުން.

މުއްދަތު:      30 ހަފްތާ

ޤާރީ ކޯސް ސެޓްފިކެޓް ލެވެލް 4

ޝަރުޠު:       1- ޤާރީ ކޯސް ސެޓްފިކެޓް ލެވަލް 3 ހަދާފައިވުން.

2- ޖީސީ އޯލެވެލް / އެސް. އެސް. ސީ އިމްތިހާނުތަކުން 3 މާއްދާއިން (ދަށްވެގެން "ސީ" ގްރޭޑުން) ފާސްވެފައިވުމާއެކު ކީރިތި ޤުރްއާނާބެހޭ މަރްކަޒުންދޭ ޓެސްޓާއި އިންޓަވިއުއިން ފާސްވެފައިވުން.

މުއްދަތު:                   1   އަހަރު

ޤުރްއާން މުދައްރިސް ޑިޕްލޮމާ ކޯސް ( 1 އަހަރު )

ޝަރުޠު:

1- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ މަރްކަޒަކުން މަދުވެގެން 2 އަހަރުގެ މުއްދަތަށް ނުވަތަ ދަށްވެގެން ސެޓްފިކެޓް ލެވެލް 4 ގެ ފެންވަރުގައި ޤަބޫލުކުރާ ޤާރީ ކޯހެއް ނުވަތަ ގުޅުންހުރި އެފެންވަރުގެ ކޯހެއް ފުރިހަމަކޮށް ސަނަދު ހާސިލުކޮށްފައިވުން.

2- ކީރިތި ޤުރްއާނާބެހޭ މަރްކަޒުންދޭ ޓެސްޓާއި އިންޓަވިއުއިން ފާސްވުން.

މުއްދަތު: 1 އަހަރު

ޤުރްއާން މުދައްރިސް ޑިޕްލޮމާ ކޯސް (2 އަހަރު)

ޝަރުޠު:

1- ޤާރީ ކޯސް ސެޓްފިކެޓް ލެވެލް 3 ހަދާފައިވުން.

2- ޖީސީ އޯލެވެލް / އެސް. އެސް. ސީ އިމްތިހާނުތަކުން 3 މާއްދާއިން (ދަށްވެގެން "ސީ" ގްރޭޑުން) ފާސް ލިބިފައިވުމާއެކު ޤުރްއާނާބެހޭ މަރުކަޒުން ދޭ ޤުރްއާނުގެ ޓެސްޓަކުން ފާސްވުން. ނުވަތަ

3- އޯލެވެލް ފެންވަރުގެ 1 މާއްދާއިން ފާސްވެފައިވާ ނުވަތަ މަދުވެގެން 1 އަހަރު ދުވަހުގެ މުއްދަތުގެ ޤާރީ ކޯހެއް ފުރިހަމަކޮށްފައިވާ ޢުމުރުން 21 އަހަރު ފުރިފައިވާ ފަރާތްތަކަށް ޤުރްއާނާބެހޭ މަރްކަޒުންދޭ ޤުރްއާނުގެ ޓެސްޓަކުން ފާސްވުން.

މުއްދަތު:  2   އަހަރު

ވީމާ، މި ކޯސްތަކުގައި ބައިވެރިވުމަށް އެދޭ ފޯމު 15 ނޮވެންބަރު 2015 ވާ އާދީއްތަ ދުވަހުން ފެށިގެން މި މަރްކަޒުން ދޫކުރަމުން ގެންދާނެއެވެ. ކޯހުގައި ބައިވެރިވުމަށް އެދިލައްވާ ފަރާތްތަކުން 17 ޑިސެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓުތަކުގެ (އެކްރެޑިޓް އަދި އެޓެސްޓް ކުރެވިފައިވާ) ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީއާއެކު މި މަރުކަޒަށް ހުށަހެޅުއްވުން އެދެމެވެ.

26 މުޙައްރަމް 1437

08 ނޮވެންބަރު 2015
ހޯދާ