މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ
ދިވެހިރާއްޖެ
ކޯލް އެޓެންޑެންޓް

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުން ހިނގަމުންދާ އޮފީސްތަކުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާތަކަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަން ހުރި، ޤާބިލް މީހުންނެވެ.

މަޤާމު

ކޯލް އެޓެންޑެންޓް (05 މަސްދުވަހަށް)

ބޭނުންވާ އަދަދު

02 (ދޭއް)

މުސާރަ

މަހަކު -/7610 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން

އޮފީސް އަދި ހޯމް ބޭސްޑް/ މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ

 

 

ތަޢުލީމާއި ތަޖުރިބާ

1. ސޯޝަލް ސައިންސްގެ ދާއިރާއިން ދަށްވެގެން ޑިޕްލޮމާ ހާސިލުކޮށްފައިވުން. ނުވަތަ؛

2. މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ހަޔަރ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މި މަޤާމަށް މީހުން ހޮވުމުގައި ތިރީގައި މިވާ 2 ޕޮއިންޓަށް އިސްކަންދެވޭނެއެވެ.

  • ކުޑަކުދިންފެ ޙައްޤުތައް ރައްކާތެރިކުރުމުގެ ދާއިރާގައި މަދުވެގެން 01 (އެކެއް) އަހަރު ދުވަހު މަސައްކަތްކޮށްފައިވާ ފަރާތަކަށްވުން.
  • ދިވެހިބަހާއި އިނގިރޭސިބަހުން މުޢާމަލާތްކުރުމާއި ލިއުމުގެ ޤާބިލްކަން ލިބިފައިވުން.

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ކުޑަކުދިންނަށް ހިލޭ ގުޅޭނެ ނަންބަރު 1412 އަށް އަންނަ ފޯނު ކޯލުތަކަށް ޖަވާބުދާރީވުމުގައި ޝިފްޓް ޑިއުޓީ އުޞޫލުން މަސައްކަތްކުރުން.
  2. ކުޑަކުދިންނަށް ހިލޭ ގުޅޭނެ ނަންބަރު 1412 އަށް އަންނަ ފޯނު ކޯލުތަކުގެ ކޯލް ލޮގްގައި، އަންނަ ކޯލްތަކުގެ ތަފްޞީލް ރެކޯޑްކޮށް ބަލަހައްޓައި، މިނިސްޓްރީގެ ކަމާގުޅޭ ސެކްޝަނާ ހިއްސާކުރުން.
  3. ކުޑަކުދިންނަށް ހިލޭ ގުޅޭނެ ނަންބަރު 1412 އަށް އަންނަ ފޯނު ކޯލުތަކާ ގުޅިގެން ހޯދަންޖެހޭ މުހިންމު މަޢުލޫމާތު އެއްކޮށް، މިނިސްޓްރީގެ ކަމާގުޅޭ ސެކްޝަނާ ހިއްސާކުރުން.

 

 

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ އެކްރެޑިޓް ކޮށްފައިވާ ކޮޕީ (އެކްރެޑިޓް ނުކުރާ ސެޓްފިކެޓް ހުށަހެޅިނަމަވެސް ބާޠިލުވާނެއެވެ.)
  2. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ރެފްރީންގެ މަޢުލޫމާތު ދީފައިވާނަމަ، ރެފްރީންގެ ލިޔުން، ވަނަވަރާއެކު ހުށަހަޅަންވާނެއެވެ. ވަނަވަރުގައި، ގުޅޭނެ ފޯނު ނަންބަރު އޮންނަންވާނެއެވެ.)
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (ކިޔަން އެނގޭވަރުގެ ސާފު ކޮޕީ)
  4. ވަޒީފާގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ކޯހާއި، ވާރކްޝޮޕާއި، ސެމިނާރު ފަދަ ތަމްރީނު ޕްރޮގްރާމްތަކުގެ ސެޓްފިކެޓް ނުވަތަ ބައިވެރިވިކަމުގެ ލިޔުންތައް.
  5. ވަޒީފާއެއް އަދާކޮށްފައިވާނަމަ، ވަޒީފާއަދާކުރި ތަނަކުން އަދާކުރި ވަޒީފާގެ މުއްދަތު އެނގޭނޭ ލިޔުމެއް.

ސުންގަޑި

2015 ނޮވެންބަރު 18 ވާ ބުދަ ދުވަހުގެ 12:30 ގެ ކުރިން މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ (ބިއްލޫރިޖެހިގެ، މަޖީދީމަގު) އަށް ހުށަހެޅުން.

 

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން: 

މި  މަޤާމުތަކަށް  އެދިފައިވާ  ފަރާތްތަކުގެ  ތެރެއިން  ޝޯޓްލިސްޓްކުރެވޭ  ފަރާތްތަކަށް  އިންޓަވިއުކުރުން އޮންނާނީ، މި އިޢުލާނުގެ މުއްދަތު ހަމަވާތާ އެއްމަސްދުވަހުގެ ތެރޭގައި (ބަންދުދުވަސްތައް ނުހިމަނައި) އެވެ. އިންޓަރވިއު އޮންނާނީ، މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ (ބިއްލޫރިޖެހިގެ، މަޖީދީމަގު) ދެވަނަ ފަންގި ފިލާގައެވެ. އިންޓަވިއުއަށް ހާޒިރުވާއިރު، ސެޓްފިކެޓްތަކުގެ އަސްލު ގެންނަންވާނެއެވެ.

އިތުރު މަޢުލޫމާތު

- މަޢުލޫމާތު ސާފުކުރަން ގުޅާނީ 3013017 ނަންބަރު ފޯނަށެވެ.

- ވަޒީފާއަށް އެދޭ ފޯމް މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

23 މުޙައްރަމް 1437

05 ނޮވެންބަރު 2015
ހޯދާ