މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ނޮލެޖް މެނޭޖްމަންޓް އެޑްމިނިސްޓްރޭޓަރ

އިޢުލާން

ނޮލެޖް މެނޭޖްމަންޓް އެޑްމިނިސްޓްރޭޓަރ – ސްޓްރެންތަނިންގ ލޯ-ކާބަން އެނަރޖީ އައިލެންޑް ސްޓްރެޓަޖީސް:

މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީއާއި ޔުނައިޓެޑް ނޭޝަންސް އެންވަޔަރަމަންޓް ޕްރޮގްރާމް (ޔުނެޕް) ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ 'ސްޓްރެންތަނިންގ ލޯ-ކާބަން އެނަރޖީ އައިލެންޑް ސްޓްރެޓަޖީސް' މަޝްރޫޢަށް ނޮލެޖް މެނޭޖްމަންޓް އެޑްމިނިސްޓްރޭޓަރ އެއް ޢައްޔަނުކުރަން ބޭނުންވެއެވެ.

ގްލޯބަލް އެންވަޔަރަމަންޓް ފެސިލިޓީސް (ޖެފް) އިން ފަންޑުކޮށްގެން ހިންގުމަށް ހަމަޖެހިފައިވާ 'ސްޓްރެންތަނިންގ ލޯ-ކާބަން އެނާރޖީ އައިލެންޑް ސްޓްރެޓަޖީސް' މަޝްރޫޢަކީ އިމާރަތްތައް ފަރުމާކުރުމުގައި އެނަރޖީ އެފިޝެންޓް ގޮތްތައް ހޯދުމާއި، ބިލްޑިންގ ސެކްޓަރުން ޖައްވަށް ދޫކުރެވޭ ވިހަ ގޭސްތައް މަދުކުރުމުގެގޮތުން ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫޢެކެވެ.

ވަޒީފާގެ މަސްއޫލިއްޔަތަކާއި، އެހެނިހެން ތަފުސީލު ހިމެނޭ މަސައްކަތުގެ "ޓާރމްސް އޮފް ރިފަރެންސް" މި މިނިސްޓްރީގެ www.environment.gov.mv ގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

ވީމާ، މި މަޤާމަށް ޝަޢުޤުވެރިވާ އިންޑިވިޖުއަލް ކެންޑިޑޭޓުން "ޕްރޮޕޯސަލް" ހުށަހެޅުމުގެ ދަޢުވަތު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީން ހުޅުވައިލަމެވެ. މިގޮތުން، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، ތިރީގައިވާ މަޢުލޫމާތުތައް ހުށަހެޅުން އެދެމެވެ.

  • ވަޒީފާއަށް ޝަރުޠު ހަމަވާކަން ސާބިތުކޮށްދޭ ވަނަވަރު ނުވަތަ ސީ.ވީ
  • މިކަމަށް ޝަޢުޤުވެރިވާ ފަރާތްތައް މަސައްކަތްކުރުމުގެ ޤާބިލްކަން ސާބިތުކޮށްދިނުމުގެ މަޢުލޫމާތު (ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލް، މިފަދަ ޙާލަތްތަކުގައި މަސައްކަތްކުރުމުގެ ތަޖުރިބާއާއި އެހެނިހެން މަޢުލޫމާތު)
  • ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓްކޮށް، އެޓެސްޓް ކުރެވިފައި)

ވީމާ، މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން، "ޓާރމްސް އޮފް ރިފަރެންސް" ގައިވާ ޝަރުޠު ހަމަވާކަން ސާބިތުކޮށްދޭ ވަނަވަރާއެކު، 2015 ނޮވެންބަރު 30 ވާ ހޯމަ ދުވަހުގެ 12:00 ގެ ނިޔަލަށް، ތިރީގައިވާ އެޑްރެހަށް "ޕްރޮޕޯސަލް" ހުށަހެޅުން އެދެމެވެ.

ހިއުމަން ރިސޯސަސް ޔުނިޓް

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ

މާފަންނު، އަމީނީމަގު،

މާލެ، ދިވެހިރާއްޖެ

ފޯނު: 3018329،3018330

30 މުޙައްރަމް 1437

12 ނޮވެންބަރު 2015
ހޯދާ