ލ. ދަނބިދޫ ސްކޫލް
ދިވެހިރާއްޖެ
ސްކޫލް މަރާމާތުކުރުމާބެހޭ

ލ.ދަނބިދޫ ސްކޫލް މަރާމާތުކުރުމާބެހޭ

ލ. ދަނބިދޫ ސްކޫލުގައި ކުރުމަށްހުރި ބައެއް މަރާމާތުތައް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް މި ސްކޫލުން ކުރެވުނު GS-190/2015/33ފ(7 އޮކްޓޫބަރު 2015) ނަންބަރު އިޢުލާނަށް ހުށަހެޅި އަގުތައް ބޮޑުވުމާއި، މިއީ މިކަމަށް އިޢުލާނުކުރެވުނު ފުރަތަމަ ފަހަރު ކަމަށްވާތީ، މި އިޢުލާނު ވަނީ ބާޠިލުކުރެވިފައެވެ.

ވީމާ، މި ސްކޫލުގައި ކުރުމަށްހުރި ބައެއް މަރާމާތުތައް އަމިއްލަ ތަކެތީގައި ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ލ.ދަނބިދޫ ސްކޫލް އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

1. ދޮރުތަކުގެ ވައިތަންޑު ބަދަލުކުރުމާއި ހުޅުވަން އުނދަގޫ ދޮރުފަތްތައް މަރާމާތުކުރުން.

2. ދިޔަދޮވި މަރާމާތުކުރުން.

3. 5 ކްލާސްރޫމުގެ ބޮޑުދޮރުފަތް މަރާމާތުކުރުން.

4. ސްޓޭޖުގެ ސީލިންގގެ ފިލާ ބަދަލުކުރުން.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

19 ނޮވެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 13:00

26 ނޮވެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 13:00

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6800740 ނަންބަރު ފޯނާއެވެ.

27 މުޙައްރަމް 1437

09 ނޮވެންބަރު 2015
ހޯދާ