އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
އަލަށް ހަދާ ޑައިގްނޯސްޓިކް ސެންޓަރގެ ކޮންސެޕްޓުއަލް މާރކެޓިންގ ޕްލޭނެއް ހަދައިދޭނެ ފަރާތެއް ހޯދުމަށް

މިހޮސްޕިޓަލުގެ ކުރިމަތީގައި އޮންނަ ހުސްބިމުގައި އަލަށް ހަދާ ޑައިގްނޯސްޓިކް ސެންޓަރގެ ކޮންސެޕްޓުއަލް މާރކެޓިންގ ޕްލޭނެއް ހަދައިދޭނެ ފަރާތެއް ހޯދުމަށް 13 އޮގަސްޓު 2015 ގައި ކުރި އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އެފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ގަޑިތަކަށް މިހޮސްޕިޓަލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ހަމަޖެހިފައިވާ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެވާހަކަ ދެންނެވީމެވެ.

ތަން

ގަޑި

ތާރީޚު (ދުވަސް)

ތަފުސީލު

ކޮންފަރެންސް ހޯލް

11:00

16 ނޮވެންބަރު 2015 (ހޯމަ)

މަޢުލޫމާތު ސާފުކުރެއްވުމަށް

ކޮންފަރެންސް ހޯލް 

11:00 

23 ނޮވެންބަރު 2015 (ހޯމަ)

އަންދާސީހިސާބު ހުށަހެޅުއްވުމަށް

30 މުޙައްރަމް 1437

12 ނޮވެންބަރު 2015
ހޯދާ