މަކުނުދޫ މަަދަރުސާ، ހދ. މަކުނުދޫ
ދިވެހިރާއްޖެ
ކްލާސްރޫމެއް މަރާމާތުކޮށް، ކުޅޭ ސަރަޙައްދެއް ތައްޔާރު ކުރުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ

މިމަދަރުސާގައި ޕްރީސްކޫލް ދަރިވަރުނަށް ކިޔަވައިދިނުމުގައި ބޭނުންކުރުމަށްޓަކައި ކްލާސްރޫމެއް މަރާމާތުކޮށް ކުޅޭ ސަރަޙައްދެއް ތައްޔާރު ކުރުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 17 ނޮވެންބަރު 2015 ވާ އަންގާރަ ދުވަހުގެ 1:00 އަށް މިމަދަރުސާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 22 ނޮވެންބަރު 2015 ވާ އާދީއްތަ ދުވަހުގެ 1:00ގައި އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. މަޢުލޫމާތު ސާފުކުރައްވަން ހާޒިރުވެވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައެއްނުގަނެވޭނެއެވެ.

ބަދަލުގައި ވަޑައިގަންނަވާ ކޮންމެ ބޭފުޅަކަށްވެސް ތަމްސީލު ކޮށްދެއްވޭނީ އެންމެ ފަރާތެކެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިމަދަރުސާގެ ނަންބަރު 6520529 އަށް ރަސްމީގަޑީގައި ގުޅުއްވުން އެދެމެވެ.

12 ނޮވެންބަރު 2015
ހޯދާ