ކަނޑުހުޅުދޫ ސްކޫލް
ދިވެހިރާއްޖެ
ފާޚާނާއެއް އިމާރާތްކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

ގއ.ކަނޑުހުދޫ ސްކޫލްގައި ޕްރީސްކޫލް ދަރިވަރުންނަށް ޚާއްޞަ ފާޚާނާއެއް އިމާރާތްކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

މި ސްކޫލުގައި ޕްރީސްކޫލް ދަރިވަރުންނަށް ޚާއްޞަ ފާޚާނާއެއް އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: GS197-AB/IUL/2015/13ފ(05 ނޮވެންބަރު 2015) އިޢުލާނާ ގުޅިގެން އެމަސައްކަތް ކުރުމަށް އެއްވެސް ފަރާތަކުން ޝައުޤުވެރިކަން ފާޅުކޮށްފައިނުވާތީ، އެއިޢުލާން ބާޠިލުކޮށް އަލުން ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ގއ. ކަނޑުހުޅުދޫ ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު މި ސްކޫލަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

16 ނޮވެންބަރު 2015 ވާ ހޯމަ ދުވަހުގެ 13:00

19 ނޮވެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 13:00

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 7983078 ނަންބަރު ފޯނާއެވެ.

12 ނޮވެންބަރ 2015

12 ނޮވެންބަރު 2015
ހޯދާ