ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕޮލިސް ސްޓޭޝަންގެ މަގުފާރު މަރާމާތުކުރުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ

ކިނބިދޫ ޕޮލިސް ސްޓޭޝަންގެ މަގުފާރު މަރާމާތުކުރުމަށް ބޭނުންވެއްޖެއެވެ. މި މަރާމާތުގެ ތެރޭގައި މިހާރު ހުރި ފާރުގެ ވަށައިގެން 7 ފޫޓަށް އުސްކުރުމާއި، 18 ފޫޓުން 18 ފޫޓުން މިހާރުހުރި ފާރުން ކެނޑުން ކަނޑައި ބުޑު އެޅުމާއި، ތަނބުޖެހުންވެސް ހިމެނެއެވެ. ވީމާ، މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވަން އެދިލައްވާ ފަރާތްކުން މިމަސައްކަތްކޮށްދެއްވަން ގަސްދުކުރައްވާ އަގު ބަޔާންކޮށް ސިޓީއަކުން މި އިދާރައަށް ހުށަހެޅުއްވުން އެދެމެވެ.

މިމަސައްކަތާބެހޭ ތަފުސީލު މަޢުލޫމާތު ސާފުކޮށްދިނުން އޮންނާނީ 15 ނޮވެންބަރު 2015 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00 ގައި މިއިދާރާގައެވެ. އަންދާސީހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވަނީ 19 ނޮވެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ މެންދުރު ކުރީ 11:00 ގައި މިއިދާރާގައެވެ. މަޢުލޫމާތު ސާފުކޮށްދިނުމާއި ޕްރޮޕޯޒަލް ބަލައިގަތުން އޮންނާނީ މި އިދާރާގައެވެ. މަޢުލޫމާތު ސާފުކުރުމުގެ ސެޝަނުގައި ބައިވެރިނުވާ ފަރާތަކަށް ޕްރޮޕޯޒަލް ހުށަނޭޅުއްވޭނެއެވެ. އަދި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ވަޑައިގަންނަވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމާއި، ޕްރޮޕޯޒަލް ބަލައިގަތުމުގެ ސެޝަނުގައިވެސް ބައިވެރިނުވެވޭނެއެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

26 މުޙައްރަމް 1437               

08 ނޮވެންބަރު 2015
ހޯދާ