ގުޅިފަޅު އިންވެސްޓްމަންޓް ލިމިޓެޑް
ދިވެހިރާއްޖެ
ފައިނޭންޝަލް ކޮންޓްރޯލަރ

ވަޒީފާގެ ފުރުސަތު

މަޤާމުގެ ނަން: ފައިނޭޝިއަލް ކޮންޓްރޯލަރ

މަސައްކަތް ކުރާ ޑިޕާޓްމެންޓް: އެކައުންޓިންގ އެންޑް ފައިނޭސް

ބޭނުންވާ އަދަދު: 1

މުސާރަ: -/20,000

އެލަވަންސް: މުސާރައިގެ އިތުރުން ކުންފުނިން ހަމަޖެހިފައިވާ އުސޫލުން އެލަވަންސް ލިބޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ތަން:  ގުޅިފަޅު އިންވެސްޓްމަންޓްސް ލިމިޓެޑްގެ މާލެ އޮފީސް 

ފެންވަރު ނުވަތަ ޝަރުޠު: 

  • ދިވެހިރާއްޖޭގެ ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާފެންވަރުގެ ކޮލެޖެއް ނުވަތަ ޔުނިވަރސިޓީއަކުން ފައިނޭންސާ ގުޅުންހުރި ދާއިރާއަކުން ދަށްވެގެން ބެޗްލަރސް ޑިގްރީ ފެންވަރުގެ ކޯހެއް ހާސިލުކޮށްފައިވުން، އޭސީސީއޭ ސެޓްފިކެޓް ހާސިލުކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • ފައިނޭންސް/ބަޖެޓާ ގުޅުންހުރި ދާއިރާއަކުން މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާއެއް ލިބިފައިވުން.

މަގާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު:

  • ކުންފުނީގެ ބަޖެޓާ ބެހޭ އެންމެހާކަންކަން ކުރުން.
  • އޮޑިޓް މަސައްކަތް ރާވައި ހިންގުން.
  • ފައިނޭންސް ސެކްޝަންގެ މުވައްޒުންނަށް ތަމްރީން ޕްރޮގްރާމްތައް ރާވައި ހިންގުން
  • ބޭންކްގެ މުއާމަލާތްތައް މޮނީޓަރ ކުރުން
  • ކުންފުނިން ހިންގާ މަޝްރޫޢުތަކުގެ ޚަރަދު ބެލެހެއްޓުން އަދި ކޭޝްފްލޯ ފޯކަރސްޓް ތައްޔާރުކުރުން
  • ކުންފުނީގެ ބޯޑް އަދި މެނޭޖްމަންޓަށް ބޭނުންވާ ފައިނޭންޝަލް ރިޕޯޓްތައް ތައްޔާރު ކުރުން.
  • މުވައްޒަފުންގެ މުސާރަ އަދި ކުންފުނިން މަހުންމަހަށް ކުރާ ޚަރަދުތައް ބެލުން
  • ކުންފުނިން ހިންގާ މަޝްރޫޢު ތަކަށް ބޭނުންވާނޭ ފައިނޭންސް ހޯދުމުގައި ބޭންކްތަކާއި އެހެނިހެން ފައިނޭންޝަލް އިންސްޓިޓިއުޝަންތަކާ ގުޅިގެން މަސައްކަތް ކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަޖުރިބާގެ ލިޔުންތައް އެޓެސްޓް ކޮށްފައި.  
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ އައިޑީ ކާޑުގެ ކޮޕީ.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).
  • ސުންގަޑި: 12 ނޮވެންބަރު 2015 ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން. (އޮފީސް ހުޅުވިފައި ހުންނާނީ ބަންދު ނޫން ކޮންމެ ދުވަހަކު 08:00 އިން 15:00 އަށެވެ.)
  • ހުށަހަޅަންވީ ތަން: ހ. އާގަދަގެ ދެވަނަ ފަންގިފިލާ، ބޮޑުތަކުރުފާނު މަގު، މާލެ، ދިވެހިރާއްޖެ.
  • އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް ގުޅުއްވާނީ 3016630 އަށް
  • އީމެއިލް އެޑްރެސް: [email protected]
09 ނޮވެންބަރު 2015
ހޯދާ