ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ފެކަލްޓީ އޮފް ހެލްތު ސައެންސަސްެގެ ކޯސްތައް

އިޢުލާން

ތިރީގައި މިވާ ކޯސްތަކުގެ ޖާގަ އިތުރުކުރުމަށްފަހު އަލުން އިޢުލާން ކުރީމެވެ. މި ކޯސްތަކަށް ދަރިވަރުން ހޮވުމުގައި އިސްކަންދެވޭނީ ކޯސްތަކަށް އެދި މި އޮފީހަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ކޯސްތަކަށް ޝަރުޠު ހަމަވާ ފަރާތްތައް ފޯމު ހުށަހެޅި ތަރުތީބަށެވެ. ކޯހަށް އެދޭ ފޯމު ޔުނިވަރސިޓީގެ ދަރިވަރުންގެ ޚިދްމަތްތަކާބެހޭ ބައިންނާއި ޔުނިވަރސިޓީގެ ވެބްސައިޓް www.mnu.edu.mv އިން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު 3345155 ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

ފެކަލްޓީ އޮފް ހެލްތު ސައެންސަސް

1. އެޑްވާންސްޑް ސެޓްފިކެޓް އިން ނާރސިންގ

މުއްދަތު: 1 އަހަރު (2 ސިމެސްޓަރ)       

އިތުރު ކުރެވުނު ޖާގަ: 20 (ޖުމްލަ)

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެ ގޮތް: ގދ.ތިނަދޫ، ފުލްޓައިމް (15 ޖާގަ)، ސ.ހިތަދޫ، ފުލްޓައިމް (5 ޖާގަ)

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ޖީ.ސީ.އީ އޯ ލެވެލް 3 މާއްދާއިން (އެސް.އެސް.ސީ މާއްދާ ތައް ނުހިމަނައި) ފާސްވެފައިވުން.

 

2. ޑިޕްލޮމާ އިން ނާރސިންގ

މުއްދަތު: 3 އަހަރު (6 ސިމެސްޓަރ)

އިތުރު ކުރެވުނު ޖާގަ:  60 (ޖުމްލަ)                     

ކޯސްހިންގާކެމްޕަހާއި ކޯސް ހިންގާނެ ގޮތް:ކ. މާލެ، ފުލްޓައިމް (ޝަރުޠު ހ،ށ، އާއި ނ އިން ހޮވޭފަރާތްތަކަށް)

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ.ޖީ.ސީ.އީ އޯލެވެލް ގެ ހިސާބާއި، ބަޔޮލޮޖީ ނުވަތަ ހިއުމަން ބަޔޮލޮޖީއާއި، ފިޒިކްސް ނުވަތަ ކެމިސްޓްރީ އިން ފާސްވެފައިވުން. އަދި އިނގިރޭސި ބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީންދޭ އިނގިރޭސި ބަހުގެ ޓެސްޓުން ފާސްވެފައިވުން. ނުވަތަ

ށ.ނަރުސްކަމުގެ ޑިޕްލޮމާ ކޯހަށް އަމާޒުކޮށްގެން ޔުނިވަރސިޓީން ހިންގާ ފައުންޑޭޝަން ސްޓަޑީސް ލެވެލް 1 ން ފާސްވެފައިވުން. އަދި އިނގިރޭސި ބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީންދޭ އިނގިރޭސި ބަހުގެ ޓެސްޓުން ފާސްވެފައިވުން. ނުވަތަ

ނ.ޝަހާދާ ޘާނަވިއްޔާގެ ހިސާބާއި، ބަޔޮލޮޖީ ނުވަތަ ހިއުމަން ބަޔޮލޮޖީއާއި، ފިޒިކްސް ނުވަތަ ކެމިސްޓްރީ އިން ފާސްވެފައިވުން. އަދި އިނގިރޭސި ބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީންދޭ އިނގިރޭސި ބަހުގެ ޓެސްޓުން ފާސްވެފައިވުން. ނުވަތަ

ރ.ނަރުސްކަމުގެ ދާއިރާއިން އެމް.ކިޔު.އޭ ގަބޫލުކުރާ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން، އަދި އިނގިރޭސި ބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއް ފެންވަރެއްގެ ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީންދޭ އިނގިރޭސި ބަހުގެ ޓެސްޓުން ފާސްވެފައިވުން.

 

02 ނޮވެންބަރު 2015
ހޯދާ