ކިނބިދޫ ސްކޫލް، ތ. ކިނބިދޫ
ދިވެހިރާއްޖެ
ތޮއްޕިލައާއި ނަލަފިލައި އަދި ދިޔަދޮވި މަރާމާތުކުރުން

މި ސްކޫލުގެ ނަންބަރު GS55/IU/2015/18ފ(17 އޮކްޓޫބަރު 2015) އިޢުލާނާ ގުޅިގެން އެންމެ ފަރާތަކުން ކުރިމަތިލާފައިވާތީ އެ އިޢުލާން ބާޠިލުކޮށް، އެމަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރީމެވެ.

ވީމާ، އަމިއްލަ ތަކެތީގައި މިމަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 16 ނޮވެންބަރު 2015 ވާ ހޯމަ ދުވަހުގެ 10:00 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 22 ނޮވެންބަރު 2015 ވާ އާދީއްތަ ދުވަހުގެ 10:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތެއް ނޯންނާނެއެވެ. އަންދާސީހިސާބު ކެނޑުން އޮންނާނީ (އެދުވަހުގެ) 22 ނޮވެންބަރު 2015 ވާ އާދީއްތަ ދުވަހުގެ 10:05 ގައި އަންދާސީހިސާބު ހުށަހެޅުމަށް ވަޑައިގެންނެވި ފަރާތްތަކުގެ ހާޒިރުގައެވެ. މިބައްދަލުވުމުގައި އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތުން ބައިވެރިވާންވާނެއެވެ. ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ އަންދާސީހިސާބުގެ ވެރިފަރާތުގެ ސިޓީއަކާއެކު އައިޑީކާޑުގެ ކޮޕީއެއް ފޮނުއްވަންވާނެއެވެ.

22 މުޙައްރަމް 1437

04 ނޮވެންބަރު 2015
ހޯދާ