ފެކަލްޓީ އޮފް ހެލްތު ސައެންސަސް
ދިވެހިރާއްޖެ
މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން

ފެކަލްޓީ އޮފް ހެލްތް ސައިންސަސްގެ އިމާރާތު ބޭރަށްވާހެން ތަޅައިގެންގޮސްފައިވާ އެލްމެނިއަމް ކްލައިޑިންގގެ ބިއްލޫރިގަނޑުތަކެއް އަމިއްލަ ތަކެތީގައި ބަދަލުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 16 ނޮވެންބަރު 2015 ވާ (ހޯމަ) ދުވަހުގެ 11:00 އަށް މިފެކަލްޓީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 19 ނޮވެންބަރު 2015 ވާ (ބުރާސްފަތި) ދުވަހުގެ 13:00 އަށް މިފެކަލްޓީއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތުކަރުދާސް ކަނޑައެޅިފައިވާ ގަޑީގެ އިތުރުން އަންދާސީހިސާބު ބަލައިގަންނަ ދުވަހުގެ ކުރީދުވަހުގެ 14:00 ވަންދެން ދޫކުރެވޭނެއެވެ. ނަމަވެސް އަންދާސީހިސާބު ބަލައިގަންނާނީ އިޢުލާންގައި ކަނޑައެޅިފައިވާ ދުވަހުގެ އެގަޑީގައި އެކަންޏެވެ.

09 ނޮވެންބަރު 2015
ހޯދާ