ރެހެންދި ސްކޫލް/ހުޅުމާލެ
ދިވެހިރާއްޖެ
ކެންޓީނު ހިންގާނެ ފަރާތެއް ހޯދުން

އަންދާސީހިސާބު ބާޠިލުކޮށް އަލުން އިޢުލާން ކުރުން

މި ސްކޫލުގެ ކެންޓީނު ހިންގާނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު: RS/IUL/2015/95ފ(21 އޮކްޓޫބަރު 2015) އާ ގުޅިގެން އެކަށީގެންވާ ވަރަށް އަންދާސީހިސާބު ހުށަހަޅާފައިނުވާތީ މި ސްކޫލުގެ ކެންޓީނު ހިންގުމަށް ޝައުޤުވެރިވާ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ. 

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 10 ނޮވެންބަރު 2015 ވާ އަންގާރަ ދުވަހުގެ 11:00 ގައި މަޢުލޫމާތު ސާފުކުރެއްވުމަށް މި ސްކޫލުގެ އޮފީހަށް ވަޑައިގެންނެވުމަށް ދެންނެވީމެވެ. އަދި 17 ނޮވެންބަރު 2015 ވާ އަންގާރަ ދުވަހުގެ 11:00އަށް އަންދާސީހިސާބު މި ސްކޫލުގެ އޮފީހަށް ހުށަހެޅުއްވުން އެދެމެވެ. އަދި މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3359901 ނަންބަރު ފޯނާއެވެ.

22 މުޙައްރަމް 1437

04 ނޮވެންބަރު 2015
ހޯދާ