ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ
ދިވެހިރާއްޖެ
ކޮމިއުނިޓީ އީ - ސެންޓަރ ޕްރޮޖެކްޓްގެ ދަށުން ވެބް ޕޯޓަލް އެއް ޑިވެލޮޕް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

މި އޮފީހުން ސާރކް ޑިވެލޮޕްމަންޓް ފަންޑުގެ އެހީގެ ދަށުން ކުރިޔަންގެންދާ ކޮމިއުނިޓީ އީ-ސެންޓަރު (ސީ.އީ.ސީ) ޕްރޮޖެކްޓަށް ބޭނުންވާ ވެބް ޕޯޓަލް އެއް ޑިވެލޮޕް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކޮށްފައިވާ އިޢުލާން ނަންބަރު 164/1/2015/96(IUL) އާ ހަވާލާދީ ދަންނަވަމެވެ. ކުރިން ކުރެވުނު އިޢުލާނަށް އެކަށީގެންވާ ވަރަށް ބިޑް ހުށަހަޅާފައިނުވާތީ، އެ އިޢުލާން ބާޠިލްކޮށް އަލުން އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މި އިޢުލާނާ ގުޅޭ އިތުރު މަޢުލޫމާތު (ޓާރމްސް އޮފް ރެފަރެންސް) ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީގެ ވެބްސައިޓް http://www.ncit.gov.mv އިން ލިބެން ހުންނާނެއެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 17 ނޮވެންބަރު 2015 ވާ އަންގާރަ ދުވަހުގެ 1:30 ގައި މިއޮފީހަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 26 ނޮވެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 1:30 ގައި މިއޮފީހަށް ވަޑައިގެން މިމަސައްކަތަށް އަގު ހުށަހެޅުއްވުން އެދެމެވެ.

COMMUNITY eCENTRE (CeC) PROJECT Web Portal Development

The National Centre for Information Technology is seeking for enthusiastic developers to develop a Web Portal for Community e - Centre project.

Terms of references will be available on National Centre for Information Technology’s website   http://www.ncit.gov.mv.

Interested parties are required to attend information session held in National Centre for Information Technology on 17th November 2015 at 1:30hrs and submit bid proposal on 26th November 2015 at 1:30hrs to National Centre for Information Technology.

އޮފީހުގެ މަޢުލޫމާތު: ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީ

64، ކަލާފާނު ހިނގުން، މާލެ، ދިވެހިރާއްޖެ

ފޯނު ނަންބަރު: 3344000(960)، ފެކްސް ނަންބަރު: 3344004(960)

އީމޭލް އެޑްރެސް: [email protected]

ވެބްސައިޓް: www.ncit.gov.mv

   23 މުޙައްރަމް 1437

05 ނޮވެންބަރު 2015
ހޯދާ