ދަނގެތީ ސްކޫލް، އދ. ދަނގެތި
ދިވެހިރާއްޖެ
ބައެއް މަރާމާތުތައް ކޮށްދޭނޭ ފަރާތެއް ހޯދުން

2016 ވަނަ އަހަރު ފެށުމުގެ ކުރިން ކުރަންޖެހޭ ބައެއް މަރާމާތުތައް ކޮށްދޭނޭ ފަރާތެއް ހޯދުން:

މި ސްކޫލުގައި 2016 ވަނަ އަހަރުގެ ކިޔެވުން ފެށުމުގެ ކުރިން ބައެއް މަރާމާތުތައް ކުރުމަށް ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އަންނަ ނޮވެންބަރުމަހުގެ 10 ވާ އަންގާރަދުވަހުގެ 12:00 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ނޮވެންބަރު 17 ވާ އަންގާރަދުވަހުގެ މެންދުރުފަހުގެ 1:00 ގެ ކުރީން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާއިރު ފުރިހަމަކުރައްވަންޖެހޭ އެންމެހައި ލިޔެކިޔުންތަކާއެކު ހުށަހެޅުއްވުން އެދެމެވެ. އަދި މަޢުލޫމާތު ފުރިހަމަނުވާ ފަރާތްތަކުގެ އަންދާސީހިސާބުތައް ޑިސްކޮލިފައި ކުރެވޭނެ ވާހަކަވެސް ދެންނެވީމެވެ.

16 މުޙައްރަމް 1437

29 އޮކްޓޫބަރު 2015
ހޯދާ