އަނގޮޅިތީމު ސްކޫލް
ދިވެހިރާއްޖެ
4 ފާޚާނާ އިމާރާތް ކުރުމާގުޅޭ

ތިރީގައި ދެންނެވިފައިވާ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

1- މި ސްކޫލުގައި 4 ފާޚާނާ އިމާރާތްކުރުން.

ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތްތައް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުމަށް ފުރުޞަތު އަރުވަމެވެ.

  • މަޢުލޫމާތު ދިނުން:

މަޢުލޫމާތު ސާފުކުރައްވަން ބޭނުންވެލައްވާ ފަރާތްތަކުން 8 ނޮވެންބަރު 2015 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00 ގައި ސްކޫލް އޮފީހަށް ދުރުވުމުން މަޢުލޫމާތު ސާފުކޮށްދެވޭނެއެވެ.

  • އަންދާސީހިސާބު ބަލައިގަތުމާއި، ކެނޑުން:

މިމަސައްކަތް ކޮށްދެއްވުމަށް ހުށަހަޅުއްވާ އަންދާސީހިސާބުތައް ބަލައިގަނެ ކެނޑުން އޮންނާނީ 15 ނޮވެންބަރު 2015 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހުގެ 1:00 ގައި މި ސްކޫލުގެ އޮފީހުގައެވެ.

ހުށަހެޅޭ އަންދާސީހިސާބުތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި، މަސައްކަތުގެ ނަން އެނގެން އޮންނަންވާނެއެވެ. މަޢުލޫމާތު ދޭ ގަޑީގައި މަޢުލޫމާތު ނެގޭނީ ހާޒިރުވާ ކޮންމެ ބޭފުޅަކަށްވެސް 1 ފަރާތެއްގެ ނަމުގައެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާ ފަރާތުގެ އައިޑީކާޑު ގެންނަވަންވާނެއެވެ. ބަދަލުގައި ބޭފުޅަކު ފޮނުވާނަމަ ހާޒިރުނުވެވުނު ސަބަބާއި، ފޮނުވާ ބޭފުޅެއްގެ މަޢުލޫމާތު ބަޔާންކޮށް، އަންދާސީހިސާބު ހުށަހަޅާ ފަރާތުގެ ސިޓީއެއް ގެންނަންވާނެއެވެ.

16 މުޙައްރަމް 1437  

29 އޮކްޓޫބަރު 2015
ހޯދާ