ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަށިކޯޓުގެ ހެދުމުގެ މަސައްކަތްކޮށްދެއްވުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ

ސަރުކާރުގެ ސްޕޯޓްސް މެނިފެސްޓޯގައި ހިމެނޭ ސްޕޯޓްސް އެރީނާގެ ކުޅިވަރު ވަސީލަތްތައް ތަރައްޤީކުރުމުގެ ގޮތުން މިރަށުގައި ތަރައްޤީކުރެވޭ ބަށިކޯޓުގެ ހެދުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވަން އެދިލައްވާ ފަރާތްކުން މިމަސައްކަތްކޮށްދެއްވަން ގަސްދުކުރައްވާ އަގު ބަޔާންކޮށް ސިޓީއަކުން މި އިދާރައަށް ހުށަހެޅުއްވުން އެދެމެވެ.

މިމަސައްކަތާބެހޭ ތަފުސީލު މަޢުލޫމާތު ސާފުކޮށްދިނުން އޮންނާނީ 08 ނޮވެންބަރު 2015 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 ގައި މިއިދާރާގައެވެ. އަންދާސީހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވަނީ 12 ނޮވެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ މެންދުރުކުރީގެ 11:00 ގައި މިއިދާރާގައެވެ. މަޢުލޫމާތު ސާފުކޮށްދިނުމާއި ޕްރޮޕޯޒަލް ބަލައިގަތުން އޮންނާނީ މި އިދާރާގައެވެ. މަޢުލޫމާތު ސާފުކުރުމުގެ ސެޝަނުގައި ބައިވެރިނުވާ ފަރާތަކަށް ޕްރޮޕޯޒަލް ހުށަނޭޅުއްވޭނެއެވެ. އަދި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ވަޑައިގަންނަވާ ފަރާތްތަކަށް މަޢުލޫމާތުދިނުމާއި ޕްރޮޕޯޒަލް ބަލައިގަތުމުގެ ސެޝަނުގައިވެސް ބައިވެރިނުވެވޭނެއެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

15 މުޙައްރަމް 1437

28 އޮކްޓޫބަރު 2015
ހޯދާ