މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކަމްޕެނީ ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
ފޮޅައި ސާފުކުރާނެ ފަރާތެއް ހޯދުން

ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު

ކ.ވިލިނގިލިއަވަށުގެ އޮޕަރޭޝަން ސެންޓަރ ފޮޅައި ސާފުކުރާނެ ފަރާތެއް ހޯދުން

މިކުންފުނިން ދޭ މަޢުލޫމާތާ އެއްގޮތްވާ ގޮތުގެ މަތިން ކ.ވިލިނގިލިއަވަށުގެ އޮޕަރޭޝަން ސެންޓަރ ފޮޅައި ސާފުކުރާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އަގު ހުށަހެޅުއްވުމުގެ ދަޢުވަތު އަރުވަމެވެ.

މަޢުލޫމާތު ސާފުކުރަން ބޭނުންފުޅުވާ ފަރާތްތަކުން 08 ނޮވެންބަރު 2015 ދުވަހުގެ 03:00 އަށް ފެން ބިލްޑިންގގެ 5 ވަނަ ފަންގިފިލާއަށް ވަޑައިގެންދެއްވުން އެދެމެވެ. އަގު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރައްވަން ވަޑައިގަންނަވާ ފަރާތްތަކަށް އެކަންޏެވެ. އަގު ހުށަހެޅުން އޮންނާނީ 12 ނޮވެންބަރު 2015 ދުވަހުގެ 03:00 ގައި ފެންބިލްޑިންގގެ 5 ވަނަ ފަންގިފިލާގައެވެ. އަދި އަގު ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ.

ޕްރޮކިއުމަންޓް ޑިޕާޓްމަންޓް

05 ނޮވެންބަރު 2015
ހޯދާ