ގޮއިދޫ ސްކޫލް/ ށ.ގޮއިދޫ
ދިވެހިރާއްޖެ
ބައެއް މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް

މި ސްކޫލުގެ ބައެއް މަރާމާތުތައް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

15 އޮކްޓޫބަރު 2015 (ބުރާސްފަތި) ގައި ކޮށްފައިވާ ނަންބަރު GS110-A/2015/12 އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހަޅާފައިވަނީ އެންމެ ފަރާތަކުން ކަމަށްވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާނުކުރަމެވެ.

ވީމާ، ތިރީގައި ދެންނެވިފައި މިވާ މަސައްކަތްތައް އަމިއްލަ ތަކެތީގައި މި ސްކޫލުން އެދޭގޮތަށް ކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ށ. ގޮއިދޫ ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރިޚަށް ށ.ގޮއިދޫ ސްކޫލަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

  • 8 ކްލާސްރޫމާއި އޮފީސް އަދި ސްޓާފްރޫމުގެ ފަންކާތައް ބަދަލުކުރުން
  • ހޯލްއިމާރާތުގެ 4 ވަނަ ކުލާހުގެ ބޮޑުދޮރާއި ދޮރުފަތް އަދި ކުޑަދޮރު ބަދަލުކުރުން
  • ބޯފެން ޚިދުމަތް ދިނުމަށް ދެވިފައިވާ ސެޓަޕް މަރާމާތުކުރުން
  • ގްރޭޑް 1 ގެ ކްލާސްރޫމުގައި މުށިޖެހުން

މަޢުލޫމާތު ސާފުކުރުމަށް

            އަންދާސީހިސާބު ހުށަހެޅުމަށް

08 ނޮވެންބަރު 2015 ވާ (އާދީއްތަ) ދުވަހުގެ 11:00 އަށް

12 ނޮވެންބަރު 2015 ވާ (ބުރާސްފަތި) ދުވަހުގެ 11:00 އަށް

އަދި ކަނޑައެޅިފައިވާ ގަޑިއަށް މަޢުލޫމާތު ހޯދުމަށް ހާޒިރުނުވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ކަމުގައިވެސް ދަންނަވަމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ނަންބަރު 6540582 ފޯނާ ގުޅުއްވުން އެދެމެވެ. 

02 ނޮވެންބަރު 2015
ހޯދާ