މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ސީނިއަރ އެކައުންޓްސް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:  ސީނިއަރ އެކައުންޓްސް އޮފިސަރ                                          ބޭނުންވާ އަދަދު: 1 (އެކެއް)

މުސާރަ:

މަހަކު -/6295

ސަރވިސް އެލަވަންސް:

މަހަކު -/2000 ރުފިޔާ

ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ރޭންކް

އެމް. އެސް. 2

 

 

ސްޕެޝަލް ޑިއުޓީ އެލަވަންސް

މުސާރައިގެ %35

އޮފީސް:

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ

ޑިވިޜަން/ސެކްޝަން

ބަޖެޓް އެންޑް ފައިނޭންސް ސެކްޝަން  

މަސައްކަތްކުރަންޖެހޭ ތަން

މިނިސްޓްރީ

މަޤާމުގެ ޝަރުޠު

 

1- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

3- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

4- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތް

  • މިނިސްޓްރީގެ އެކައުންޓްތަކުން ކުރާ ޚަރަދުތަކުގެ ވައުޗަރ، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކުރާ ނުވަތަ ފައިސާ ލިބިގަތުމަށް އެދޭ ފަރާތާއެކު އެއްބަސްވެފައިވާ މުއްދަތަށް ޕޯސްޓް ކުރުމާއި، ސިސްޓަމުން ހަދާ  ޕަރޗޭސް އޯޑަރ ރިލީޒްކުރުމާއި، އެ ޕަރޗޭސް އޯޑަރުން ކުރާ ޚަރަދާއި ބަޖެޓް ކޯޑާއި، ކޮސްޓް ސެންޓަރ ޗެކްކުރުން.
  • އެސް. އޭ. ޕީ. ގައި ބްލޮކްކޮށްފައިވާ ޑޮކިއުމަންޓްސް ދުވަހުން ދުވަހަށް ޗެކްކޮށް، އެ ޑޮކިއުމަންޓެއް ބްލޮކްކުރާތާ 3 ދުވަހުގެ ތެރޭގައި ރަނގަޅުކުރަންޖެހޭ ކަންތައްތައް ރަނގަޅުކުރުމަށްފަހު އަލުން ސިސްޓަމުގައި ޕޯސްޓްކުރެވިފައިވޭތޯ ބަލައި ޔަގީންކުރުން.
  • މިނިސްޓްރީގެ ޚަރަދު ރިޕޯޓް ތައްޔާރުކޮށް، ފިނޭންސް މިނިސްޓްރީއަށް ފޮނުވުން.
  • ކޮންމެ އަހަރެއްގެ މާލީ ހިސާބު، ދައުލަތުގެ މާލިއްޔަތު ޤާނޫނުގެ 35 ވަނަ މާއްދާގައި ބަޔާންކުރާ މުއްދަތަށް ނުވަތަ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީން އަންގަވާ މުއްދަތަކަށް މާލީ ހިސާބު ތައްޔާރުކުރުން.
  • ޚަރަދު ހިސާބުގެ މައްޗަށް ބިނާކޮށް، މިނިސްޓްރީގެ ސެކްޓަރތަކުން ހުށަހަޅުއްވާ ބަޖެޓް ޕްލޭނިންގ ސެކްޝަނާ ގުޅިގެން އެކުލަވައިލުން.
  • އޮފީހަށް  ބޭނުންވާ  ޚިދުމަތާއި  ތަކެތި  ހޯދުމުގެ  ކުރިން،  އެ  ޚަރަދެއް  ކުރުމަށް  ބޭނުންވާ އެކައުންޓަކުން އެ ޚިދުމަތެއް ނުވަތަ ތަކެތި ހޯދުމުގެ ފައިސާ ހުރިކަމުގެ ޔަގީންކަން ދިނުމާއި، މިނިސްޓްރީގެ އެކައުންޓަކުން ކުރާ ޚަރަދާއި، ހޯދޭ ޚިދުމަތްތައް ސިސްޓަމުން ބާކީކުރުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

- ލިބިފައިވާ ތަޢުލީމާއި، ތަމްރީން

- ފައިނޭންޝަލް މެނޭޖްމަންޓުގެ ދާއިރާއިން މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު.

- ދައުލަތުގެ މާލިއްޔަތު ޤަވާޢިދަށް އަހުލުވެރި މިންވަރު.

- ސިވިލް ސަރވިސް ޤަވާއިދަށް އަހުލުވެރި މިންވަރު.

ޢިނާޔަތްތައް

އިތުރުގަޑީގެ މަސައްކަތްކުރާނަމަ، ސިވިލް ސަރވިސް ވަޒީފާ އަދާކުރާ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

 

ހުށަހަޅަންޖެހޭ ލިޔުންތައް

 

 

 

 

  • އެކްރެޑިޓް ކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (ނަމަވެސް ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގާ  ކޯސްތައް ފުރިހަމަކޮށް ހުށަހަޅާ ސެޓްފިކެޓްތައް އެކްރިޑިޓްކޮށްފައި ނުވިނަމަވެސް، ސިވިލް ސަރވިސްގެ މަޤާމުތަކުގެ އަސާސީ ސަރުޠު ފުރިހަމަކުރުމުގައި ބެލެވޭނެ.)
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގައި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ކޮޕީ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
  • މަސައްކަތު ތަޖުރިބާ ލިބިފައިވާނަމަ، މަސައްކަތު ތަޖުރިބާ ލިބިފައިވާކަމުގެ ލިޔުން.
  • ސިވލް ސަރވިސްއަށް  ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވިއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • މަތީގައިވާ މަޤާމަށް އިންޓަވިއުއަށް ދަޢުވަތު ދެވޭނީ ހަމައެކަނި ސޯޓް ލިސްޓް ކުރެވޭ ފަރާތަކަށެވެ.

މަޤާމަށް މީހުން ހޮވުމުގައި ބާއްވާ އިންޓަވިއުއާއި ޕްރެޒެންޓޭޝަނާއި ޕްރެކްޓިކަލްސްއާއި އިމްތިޙާނު ކުރުން

މި މަޤާމުތަކަށް މީހުން ހޮވުމަށް ބާއްވާ އިންޓަވިއުއާއި ޕްރެސެންޓޭޝަނާއި، ޕްރެކްޓިކަލްސްއާއި، އިމްތިޙާނުކުރުން، ވަޒީފާއަށް  އެދުމުގެ  ސުންގަޑި  ހަމަވުމަށްފަހު،  މަސައްކަތު  15  ދުވަހުގެ  ތެރޭގައި މި މިނިސްޓްރީގައި ނުވަތަ މި މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި އޮންނާނެއެވެ.

ސުންގަޑި:

މި  މަޤާމަށް  އެދޭ  ފަރާތްތަކުން،  2015  ނޮވެންބަރު  5  ވަނަ  ދުވަހުގެ  14:00  ގެ  ކުރިން، ވަޒީފާއަށް އެދޭ ފޯމް މި މިނިސްޓްރީއަށް ހުށަހެޅުން އެދެމެވެ.

އިތުރު މަޢުލޫމާތު:

- އެޕްލިކޭޝަން ފޯމް ލިބެން ހުންނާނީ މި މިނިސްޓްރީގެ ރިސެޕްޝަނުންނާއި ވެބްސައިޓް www.fishagri.gov.mv އިންނެވެ.

- އިތުރު މަޢްލޫމާތު ހޯދުމަށް 3339244 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

6 މުޙައްރަމް 1437

19 އޮކްޓޫބަރު 2015
ހޯދާ