މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބިދޭސީ މަސައްކަތު މީހުން ހޯދުމާބެހޭ

ތިން ބިދޭސީ މަސައްކަތު މީހުން ހޯދުމާބެހޭ:

މި ކައުންސިލުގެ ނަންބަރު: (IUL)306/306/2015/100 (15 އޮކްޓޫބަރު 2015)ގައި ރ. ރަސްމާދޫ ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ތިން ބިދޭސީ މުވައްޒަފުން ހޯދުމަށް ކުރި އިޢުލާނު ބާޠިލުކޮށް ކައުންސިލުން ދޭ މަޢުލޫމާތާ އެއްގޮތަށް ތިން ބިދޭސީ މަސައްކަތު މީހުން މި ކައުންސިލަށް ގެނެސްދޭނޭ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަން ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚުގައި މަޢުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވަޑައިގަތުމަށްފަހު އަންދާސީހިސާބު ހިއްޕަވައިގެން މި ކައުންސިލްގެ އިދާރާއަށް ދުރުވެދެއްވުން އެދެމެވެ.

މަޢުލޫމާތު ދިނުން

ބިޑް ހުށަހެޅުން

08 ނޮވެންބަރު 2015 (އާދީއްތަ) 11:00

19 ނޮވެންބަރު 2015 (ބުރާސްފަތި) 11:00

މިގޮތުން މިކަމަށް ކުރިމަތިލައްވާ ފަރާތްތަކުގެ ތެރެއިން، ކޮމްޕެނީ، އިންވެސްޓްމެންޓް އަދި އެޖެންސީތަކަކީ ރެކުރޫޓިންގ ޚިދުމަތް ދިނުމަށް ރަޖިސްޓަރީކޮށް ސަރުކާރުގެ އިދާރާއަކުން ހުއްދަ ދޫކޮށްފައިވާ ފަރާތަކަށް ވާންޖެހޭނެވެ. އަދި މިކަމަށް ކުރިމަތިލައްވާ ކޮމްޕެނީ، އިންވެސްޓްމެންޓް އަދި އެޖެންސީ ތަކުގެ ތެރެއިން ބިޑް ހުށަހެޅޭނީ  ކުށުގެ ރިކޯޑް (އިމިގްރޭޝަން، ޕޮލިސް، ރަސްމީ ކޯޓްތަކުން) ސާފު ފަރާތްތަކަށް އެކަނި ކަމުގައިވެސް ދަންނަވަމެވެ. ކުންފުނި، އިންވެސްޓްމަންޓް އަދި އެޖެންސީ ފަދަ ތަނަކުން މަޢޫލޫމާތު ސާފުކުރުމަށާއި ބީލަން ހުށަހެޅުމަށް ހާޒިރުވާ ފަރާތްތަކުން އެ ބޭފުޅަކު ތަމްސީލުކުރައްވަނީ ކޮން ކުންފުންޏެއް، އިންވެސްޓްމެންޓެއް އަދި އެޖެންސީއެއްކަން އެނގޭ ސިޓީއެއް ހުށަހަޅަންވާނެއެވެ. މިގޮތުން ކޮމްޕެނީ، އިންވެސްޓްމަންޓް އަދި އެޖެންސީއަކުން އަމިއްލަ ފަރުދަކު މަޢޫލޫމާތު ސާފުކުރެއްވުމަށާއި ބީލަން ހުށަހެޅުމަށް ހާޒިރުވެލައްވާއިރު އެފަރާތެއްގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު ގެންނަން ވާނެއެވެ.

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައާއި، ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ފަރާތަކަށްވެސް ތަމްސީލު ކުރެއްވޭނީ އެއްފަރާތެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ދުރުވެ ނުލައްވާ ފަރާތްތަކުން ހުށަހަޅުއްވާ ބީލަމާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅުއްވާ ބީލަން، ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. މިކަމާއި ގުޅޭ ގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވެލައްވާނަމަ ރަސްމީ ގަޑީގައި މި ކައުންސިލުގެ ނަންބަރު: 6580049 ފޯނަށް ގުޅުއްވުން އެދެމެވެ. އީމެއިލް [email protected]  އެވެ. 

އަދި ދަންނަވަމެވެ. މަތީގައި ބަޔާންކުރެވިފައިވާ މަސައްކަތް ކުރެއްވުމަށް ބީލަން ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން ކޮންޓްރެކްޓަރަކަށް ހޮވޭނީ، ތިރީގައި މި ބަޔާންކުރާ ނުކުތާތަކަށް ކަނޑައެޅިފައިވާ އިންސައްތައިން މާކްސް ދީގެން، އެންމެ މަތީ މާކްސް ލިބިލައްވާ ފަރާތެވެ.

1- އަގު (65 އިންސައްތަ)

2- މުއްދަތު (15 އިންސައްތަ)

3- މާލީ ޤާބިލުކަން (10 އިންސައްތަ)

4- މިފަދަ މަސައްކަތުގެ ތަޖުރިބާ (10 އިންސައްތަ)

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.              

26 އޮކްޓޫބަރު 2015
ހޯދާ