މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް
ދިވެހިރާއްޖެ
ޗީފް ސިވިލް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި ސަރވިސްގެ، ތިރީގައިމިވާ މަޤާމަށް، ކޮންޓްރެކްޓް އުސޫލުން މުވައްޒަފަކު ބޭނުންވެއްޖެއެވެ.

މަޤާމް:

ޗީފް ސިވިލް އޮފިސަރ

މަޤާމުގެ ރޭންކް:

ސީ 6

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް އޮފިސަރސް

މުސާރަ:

-/8،420 ރުފިޔާ

ސަރވިސް އެލަވަންސް:

-/3،500 ރުފިޔާ

ނޮންޕްރެކްޓިކްސް:

-/3،789 ރުފިޔާ

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ޝަރުޠު:

  1. މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު،
  2. އެޑްމިނިސްޓްރޭޝަން / ބިޒްނަސް/ ޕްރޮޖެކްޓް މެނޭޖްމަންޓުގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމާ ގުޅޭ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ހުރުން. ނުވަތަ؛
  3. އެޑްމިނިސްޓްރޭޝަން / ބިޒްނަސް/ ޕްރޮޖެކްޓް މެނޭޖްމަންޓުގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ  އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމާ ގުޅޭ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު  ތަޖުރިބާ ހުރުން.  ނުވަތަ؛
  4. އެޑްމިނިސްޓްރޭޝަން / ބިޒްނަސް/ ޕްރޮޖެކްޓް މެނޭޖްމަންޓުގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛
  5. އެޑްމިނިސްޓްރޭޝަން / ބިޒްނަސް/ ޕްރޮޖެކްޓް މެނޭޖްމަންޓުގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމާ ގުޅުންހުރި ދާއިރާއަކުން ލެވެލް 5 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

 

  • މި ސަރވިސްއާއި، ބޭރުގެ ޤައުމުތަކާއި، ޖަމްޢިއްޔާތަކާ ކުރަންޖެހޭ ރަސްމީ މުޢާމަލާތްތައް ކުރުން.
  • ކޮމިޝަނަރ ކުރައްވާ ރަސްމީ ދަތުރުފުޅުތަކުގެ ކަންކަން އިންތިޒާމްކޮށް ހަމަޖެއްސުން.
  • ކޮމިޝަނަރސް ބިއުރޯގެ އިދާރީ މަސައްކަތްތައް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޯދުމަށް ބަލާނެ ކަންތައްތައް:

ދާއިރާއިން ލިބިފައިވާ ތަޢުލީމާއި ތަޖުރިބާ.

ސުންގަޑި:

މި މަޤާމަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމާއި، ވަނަވަރާއި، ހުށަހަޅަންޖެހޭ ލިޔެކިއުންތަކާއެކު، 2015 ނޮވެންބަރު 10 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (ޣާޒީ ބިލްޑިންގ/ ގްރައުންޑް ފްލޯރ) އަށް ހުށަހެޅުން އެދެމެވެ.

އިތުރު މަޢުލޫމާތު:

 

 

  • ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުކޮށް ހުށަހަޅާ ފޯމާއި، ޝަރުޠު ހަމަނުވާ ފަރާތްތަކުން ހުށަހަޅާ ފޯމުތައް ބާޠިލްކުރެވޭނެއެވެ.
  • ހުށަހަޅާފައިވާ ލިޔެކިއުންތައް ސައްޙަ ނޫންކަމަށް ސާބިތުވެއްޖެނަމަ، ފޯމް ބާޠިލްކުރެވޭނެއެވެ.
  • އެޕްލިކޭޝަނާއެކު ހުށަހަޅާ ލިޔުންތަކުގެ އަސްލު، އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަންޖެހޭނެއެވެ.
  • މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3312694 ނަންބަރު ފޯނަށް ނުވަތަ 3328443 ނަންބަރު ފޯނަށެވެ. ފެކްސް ނަންބަރަކީ 3313727 އެވެ. އީ މެއިލް އެޑްރެހަކީ [email protected] އެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް:
  • ވަޒީފާއަށް އެދޭ ފޯމް (މި ފޯމު މި ސަރވިސްގެ www.corrections.gov.mv ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މި ސަރވިސްގެ ކައުންޓަރުން ވެސް މި ފޯމު ލިބެން ހުންނާނެއެވެ.)
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގައިވާ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯ ކޮޕީ (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ކޮޕީ)
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ) 
  • ސިވިލް ސަރވިސްއަށް / ސަރުކަރާށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މީހެއްނަމަ، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ރަސްމީ ލިޔުމުގެ ކޮޕީ.
  • ކުރިން ވަޒީފާ އަދާކޮށްފައިވާ މީހެއްނަމަ، ވަޒީފާ އަދާކުރި ތަންތަނުގެ ރަސްމީ ލިޔުމުގެ ކޮޕީ.
  • ފޯމާއެކު ހުށަހަޅާ ހުރިހާ ލިޔެކިއުންތައް ހުންނަންވާނީ ފޯމާއެކު ސްޓޭޕްލް ކުރެވިފައެވެ.

16 މުޙައްރަމް 1436

29 އޮކްޓޫބަރު 2015
ހޯދާ