ލަންދޫ ސްކޫލް، ނ. ލަންދޫ
ދިވެހިރާއްޖެ
ޕްރީ ސްކޫލުގެ ފާޚާނާ ހެދުމުގެ މަސައްކަތުގެ އަންދާސީހިސާބު ހޯދުން

އިޢުލާން

ޕްރީސްކޫލު ފާޚާނާ ހެދުމުގެ މަސައްކަތުގެ އަންދާސީހިސާބު ހޯދުން

މި ސްކޫލުން ދައްކާ ނަމޫނާއަކާ އެއްގޮތަށް އަމިއްލަ ޚަރަދުގައި ޕްރީސްކޫލު ފާޚާނާ ހެދުމުގެ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މަޢުލޫމާތު ސާފުކުރައްވާ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

  • މަޢުލޫމާތު ސާފުކުރުން:
  • 8 ނޮވެންބަރު 2015 ވާ އާދީއްތަ ދުވަހުގެ 10:30 ލަންދޫ ސްކޫލް އޮފީހުގެ ރޫމްގައި.
  • އަންދާސީހިސާބު ހުށަހެޅުން:
  • 12 ނޮވެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 10.30 ލަންދޫ ސްކޫލް އޮފީހުގެ ރޫމްގައި.
  • އަންދާސީހިސާބު އިވެލުއޭޓްކުރުމުގައި ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާގޮތް:

#

ޕޮއިންޓްދިނުމުގައި ބެލެވޭނެ ކަންތައް

ޕޮއިންޓް

1

މަސައްކަތުގެ އަގަށް

70

2

މަސައްކަތުގެ މުއްދަތަށް

10

3

މާލީ ތަނަވަސްކަމާއި ފަންނީ ޤާބިލުކަމަށް

10

4

މަސައްކަތުގެ ތަޖުރިބާއަށް

10

 

ޖުމުލަ: (ސަތޭކަ)

100

އަންދާސީހިސާބު ކެނޑުމަށް ހަމަޖެހިފައިވަނީ އަންދާސީހިސާބު ހުށައަޅުއްވާ ބޭފުޅުންގެ ކުރިމަތީގައި އަންދާސީހިސާބު ކޮމެޓީގެ މެމްބަރުންގެ ހާޒިރުގައެވެ. އަދި ދެންނެވިފައިވާ ގަޑިއަށް ހާޒިރުވެނުލައްވާ ބޭފުޅުންނަށް މަޢުލޫމާތު ސާފުކޮއްދެވޭކަށް ނޯންނާނެއެވެ. މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބާއި މަޢުލޫމާތު ސާފުނުކުރައްވާ ބޭފުޅުންގެ އަންދާސީހިސާބުތައް ބަލައިގަނެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ. އެއް ގުރޫޕަކުން ނުވަތަ އެއް ކޮމްޕެނީއަކުން ދެ އަންދާސީހިސާބު ހުށަހަޅާފައިވާނަމަ އެ ދެ އަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަވެސް ދެންނެވީމެވެ. ޕެންޑްރައިވް ނުވަތަ ސީ،ޑީ ގެންނަ ފަރާތްތަކަށް އަންދާސީހިސާބުގެ މަޢުލޫމާތު އެރުވޭނީ ސޮފްޓް ކޮޕީގައި ހިލެއެވެ. އަންދާސީހިސާބު މަޢުލޫމާތު ޕެކޭޖެއްގެ ހާޑް ކޮޕީ ބޭނުންފުޅުވާނަމަ އަގަކީ -/10 (ދިހައެއް) ރުފިޔާއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް، ރަސްމީ ގަޑީގައި މި މަދަރުސާގެ ނަންބަރު 6560576 ފޯނަށް ގުޅުއްވުން އެދެމެވެ.

17 މުޙައްރަމް 1437

29 އޮކްޓޫބަރު 2015
ހޯދާ