މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ލޮޖިސްޓިކްސް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ޑިމޮގްރަފިކް އެންޑް ހެލްތު ސަރވޭގެ މަސައްކަތްތައް ކުރުމަށްޓަކައި، ތިރީގައިމިވާ މަޤާމަށް މީހަކު ބޭނުންވެއެވެ. މި ވަޒީފާއަކީ، ކޮންޓްރެކްޓް އުޞޫލުން މަސައްކަތްކުރަންޖެހޭ ވަޒީފާއެކެވެ.

މަޤާމު

ލޮޖިސްޓިކްސް އޮފިސަރ

މީހުން ބޭނުންވާ އަދަދު

1 (އެކެއް)

ކޮންޓްރެކްޓުގެ މުއްދަތު

1 އަހަރާއި 3 މަސްދުވަސް

މުސާރަ

-/8835 ރުފިޔާ

ސަރވިސް އެލަވަންސް

-/2000 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން

މިނިސްޓްރީ އޮފް ހެލްތު

ޑިވިޜަން / ސެކްޝަން

ޕްލޭނިންގ އެންޑް އިންޓަރނޭޝަނަލް ހެލްތު 

ތަޢުލީމާއި ތަޖުރިބާ

- ހެލްތު ރިސަރޗުގެ ދާއިރާއަކުން ނުވަތަ  މެނޭޖްމަންޓުގެ އެހެންވެސް ދާއިރާއެއްގެ ޑިގްރީ ނުވަތަ ޑިޕްލޮމާއެއް ހާސިލުކޮށްފައިވުން.

- ސަރވޭކުރުމުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

 

 

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

1. ޑިމޮގްރަފިކް އެންޑް ހެލްތު ސާރވޭއާ ގުޅުންހުރި އިދާރީ މަސައްކަތްތައް، ޕްރޮޖެކްޓް ޑިރެކްޓަރާ ގުޅިގެން ކުރުން.

2. ސަރވޭއަށް ބޭނުންވާ ތަކެތި ނަގައި، މި ތަކެއްޗާބެހޭ މަޢުލޫމާތުތައް ޤަވާއިދުން ބަލަހައްޓައި، ކޯޑިނޭޓްކުރުން.

3. ސަރވޭކުރުމަށް ހިންގޭ ހަރަކާތްތައް، ކަނޑައެޅިފައިވާ ސުންގަޑިއަށް ނިންމުމަށް މަސައްކަތް ކޯޑިނޭޓްކުރުން.

4. ސަރވޭއާ ގުޅިގެން ހިންގަންޖެހޭ ފައިސާގެ މުޢާމަލާތުތައް، ގުޅުންހުރި ފަރާތްތަކާއެކު ރާވައި ހިންގުން.

5. ސަރވޭއަށް ކަނޑައެޅިފައިވާ ފައިސާ ބޭނުންކުރެވޭގޮތުގެ ތަފްސީލު ބެލެހެއްޓުން.

6. ސަރވޭއާ ގުޅިގެން ހުށަހަޅަން ޖެހޭ ހުރިހާ ލިޔެކިއުމެއް، ކަނޑައެޅިފައިވާ ސުންގަޑިއަށް ނިންމައި، ހުށަހަޅަންޖެހޭ ފަރާތްތަކަށް ހުށަހެޅުން.

7. ސަރވޭއަށް ފައިސާގެ އެހީދޭ އޭޖެންސީތަކަށް ފޮނުވަންޖެހޭ ޕީރިއޯޑިކް ރިޕޯޓުތައް ގަވާއިދުން ފޮނުވުން.

މަސައްކަތް ކުރަންޖެހޭ ގަޑި

ހެނދުނު 8:00 އިން މެންދުރު 2:00 އަށް

ޢިނާޔަތް

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

 

 

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ވަޒީފާއަށް އެދޭ ސިޓީ.
  2. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓްކޮށް، އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑުޖަހައި، ސޮއިކޮށްފައިވާ ކޮޕީ)
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު
  4. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑުޖަހައި، ސޮއިކޮށްފައިވާ ކޮޕީ)
  5. ލިބިފައިވާ މަސައްކަތު ތަޖުރިބާ ސާބިތުކޮށްދޭ ލިޔުމާއި، ކުރިން ވަޒީފާ އަދާކޮށްފައިވާ ތަނެއްގެ ރިފަރެންސް ލިޔުމުގެ ކޮޕީ.

ސުންގަޑި

މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، 9 ނޮވެންބަރު 2015 ގެ ކުރިން، މިނިސްޓްރީ އޮފް ހެލްތަށް (ރޯޝަނީ ބިލްޑިންގަށް) ސިޓީ ހުށަހެޅުން އެދެމެވެ.

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:

ނޮވެންބަރުމަހުގެ ކުރީކޮޅުގައި މިނިސްޓްރީ އޮފް ހެލްތު، ރޯޝަނީ ބިލްޑިންގުގައި.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރަން ގުޅާނީ، 3014437 ނަންބަރު ފޯނަށެވެ.

14 މުޙައްރަމް 1437

27 އޮކްޓޫބަރު 2015
ހޯދާ